މައްސަލަ ބަލަނިކޮށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އިސްތިއުފާ ދެއްވައިފި

ރިޒްނާ އިސްތިއުފާ މި ދެއްވީ އޭނާއާ ގުޅޭ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަން ފަށާ ތަހުގީގު ޓީމު އެކުލަވާލާފައި ވަނިކޮށެވެ.

ޝަރުއީ ދާއިރާގެ އިދާރީ ކަންކަމާ ބެހޭ އެންމެ އިސްވެރިޔާގެ މަގާމުން ރިޒްނާ ވަނީ އިސްުތިއުފާ ދެއްވާފައި

ޝަރުއީ ދާއިރާގެ އިދާރީ ކަންކަމާ ބެހޭ އެންމެ އިސްވެރިޔާ -- ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި އައިޝަތު ރިޒުނާ އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ ވަނީ އިސްތިއުފާ ދެއްވާފައިވާކަން ހާމަ ކުރައްވާ އެކަން މުވައްޒިފުންނަށް އަންގާފަ އެވެ. މުވައްޒިފުން ތިބޭ ގުރޫޕްތަކުގައި އެކަން ހިއްސާކޮށް ރިޒްނާ ވަނީ ގުރޫޕްތަކުން ނިކުންނަވާފަ އެވެ.

ރިޒްނާ އިސްތިއުފާ މި ދެއްވީ އޭނާއާ ގުޅޭ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަން ފަށާ ތަހުގީގު ޓީމު އެކުލަވާލާފައި ވަނިކޮށެވެ. އޭނާއާ ގުޅޭ ގޮތުން ބަލަނީ މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތުގެ މައްސަލަތަކަކާއި ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސްއާ ގުޅޭ މައްސަލައެއް ކަމަށް ވެ އެވެ.

އެކަމާ ގުޅޭ ތަފްސީލެއް ނުދެ އެވެ.

ރިޒްނާ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހަމަޖެއްސެވީ ސެޕްޓެންބަރު 27، 2020 ގަ އެވެ. އޭނާ އެ މަގާމަށް ވަޑައިގެންނެވީ ގާނޫނަށް ގެނައި ބަދަލަކާއި ގުޅިގެން ކުރީން އެ މަގާމުގައި ހުންނެވި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރުގެ މަގާމު ގެއްލުމާއި ގުޅިގެންނެވެ.

އޭގެ ކުރީން އޭނާ ވަނީ މަދަނީ ކޯޓުގެ ރެޖިސްޓްރާ ކަމާއި ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަގާމު ވެސް ފުރުއްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.