އަތުހަރުގެ ހަށިގަނޑު އިންޑިއާއަށް، ޕޯސްޓްމޯޓަމް މާދަމާ

ފުލުހުން ބުނީ އަތުހަރުގެ ހަށިގަނޑު މިއަދު ހެނދުނު އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށެވެ. އަދި މާދަމާ ޕޯސްޓްމޯޓަމް ހެދޭނެ ކަމަށެވެ.

އާދަމް އަތުހަރު

އަންހެނަކު ރަހީނުކޮށް ވަޅީން ބިރުދައްކާ މަރާލާނެ ކަމުގެ އިންޒާރު ދިން މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށް ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި ށ. މިލަންދޫ، ހެޕީލޭންޑް، އާދަމް އަތުހަރުގެ ހަށިގަނޑު ޕޯސްޓްމޯޓަށް އިންޑިއާއަށް ފޮނުވާލައިފި އެވެ.

ފުލުހުން ބުނީ އަތުހަރުގެ ހަށިގަނޑު މިއަދު ހެނދުނު އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށެވެ. އަދި މާދަމާ ޕޯސްޓްމޯޓަމް ހެދޭނެ ކަމަށެވެ. އޭގެ ފަހުން ރާއްޖެ ގެނެސް އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލު ކުރާނެ އެވެ.

އަތުހަރުގެ ޕޯސްޓްމޯޓަމް ހަަދަން އާއިލާ އިން ދެކޮޅު ހެދި އެވެ. އެ މީހުން އެދުނީ އަވަހަށް ވަޅުލައިދޭށެވެ. ނަމަވެސް މިވަގުތު އުސޫލު އޮތް ގޮތުން މިފަދަ މަރުތަކުގައި އާއިލާ އިން ދެކޮޅު ހެދިޔަސް ޕޯސްޓްމޯޓަމް ހަދަ އެވެ. އެއީ މަރުގެ ހަގީގީ ސަބަބު ދެނެގަނެ އެ ނޫން އެއްވެސް ސަބަބެއް ނެތް ކަން ޔަގީން ކުރުމަށެވެ.

އަތުހަރު މަރުވީ ފުލުހުންގެ ބަންދުގައި ދޫނިދޫ ގޮޅީގައި ހުއްޓަ އެވެ. އޭނާ ހައްޔަރު ކުރީ ބާރުގެ ބޭނުންކޮށްގެން ކަމުން އޭނާ މަރުވީ ފުލުހުންގެ އަނިޔާގެ ސަބަބުން ކަމަށް ބުނެ އާއިލާ އިން ފުރަތަމަ ސުވާލު އުފެއްދި އެވެ. އެކަމާ ގުޅިގެން ފުލުހުން ވަނީ އާއިލާ އާއި ނޫސްވެރީންނަށް އަތުހަރު ދަންޖެހުނު މަންޒަރު ފެންނަ ވީޑިއޯ ދައްކާފަ އެވެ. ފުލުހުން ދެއްކީ އެޑިޓް ވެސް ނުކޮށް ފްޓޭޖުގެ ރޯފައިލެވެ.

ވަރަށް ދިގުކޮށް ވީޑިއޯ ދެއްކި އެވެ. އަތުހަރު ގޮޅީގައި އުޅޭ މަންޒަރާއި ދަންޖެހޭ މަންޒަރާއި ފުލުހުން އެ ގޮޅިއަށް އެޓެންޑް ކުރާ ތަނާއި ސްޓްރެޗާ އަށް ލައިގެން އޭނާގެ ހަށިގަނޑު ގެންދާ މަންޒަރު ނިމެންދެން ދެއްކި އެވެ.

  •  ދަންޖެހެން މަސައްކަތް ކުރީ 6:34 ގައި
  •  ފުލުހުންގެ ސަމާލު ކަމަށް އައީ 7:02 ގައި
  •  އޭރު 28 މިނެޓް ހޭދަވެއްޖެ
  •  އަތްހަރުގެ އެއްވެސް ހަބަރެއް އޭރު ނެތް
  •  ދަންޖެހުނުތާ ދެތީން ހަތަރު މިނެޓްތެރޭ އަހްތަރުގެ ހަބަރު ހުސްވެއްޖެ
  •  ތިން ފުލުހުން އައިސް އަތުހަރު ބިންމަތީ ބޭއްވި
  •  ސްޓްރެޗާ ގައި ގޮޅީން ނެރުނީ 7:05 ގައި

ވީޑިއޯ އިން ފުލުހުންގެ ފަރާތުން އަނިޔާވެރި އެއްވެސް އަމަލެއް ނުފެނެ އެވެ. ނަމަވެސް އެ ހާދިސާ ހިނގުމަށް ފަހު އެތަނަށް ފުލުހުން އެޓެންޑް ވުމަށް ގިނަ އިރުތަކެއް ހޭދަވުން ފާހަގަވެ އެވެ.

މި މައްސަލަ ފުލުހުން ދަނީ އެތެރޭގެ ތަހުގީގެއްގެ ގޮތުގައި ބަލަމުންނެވެ. އަދި އެޗްއާރުސީއެމާއި އެންއައިސީން ވެސް ދަނީ ވަކިން އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.