ޖިޕަކުން ސައިކަލެއްގައި ޖެއްސުން: ތަހުގީގު ފަށައިފި

ފެންނަ ފެންނަ ބެލެވެނީ ގަސްތުގައި ޖައްސަނީ ކަމަށެވެ. ސައިކަލު ދުއްވަން އިނީ އަންހެނެކެވެ. ޖިޕުން ޖެހުމުން އެ ދެ މީހުން ސައިކަލާ އެކު ވެއްޓެ އެވެ. އަނިޔާވާނެ ކަމަށް ބެލެވެ އެވެ.

ޖިޕުން ސައިކަލުގައި ޖެހުމުން ދެ މީހުން ސައިކަލާ އެކު ވެއްޓެނީ

ޖިޕަކުން ސައިކަލެއްގައި ޖެއްސުމުން ހިނގި އެކްސިޑެންޓެއްގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

މި ހާދިސާގެ މަންޒަރު ފެންނަ ވީޑިއޯ ފްޓޭޖެއް ވެސް ވަނީ އާންމުވެފަ އެވެ. ވީޑިއޯ އިން ފެންނަނީ އެކްސިޑެންޓް ހިނގި ހަނި އެ ގޯޅީގައި ޓްރެފިކް ބޮޑުވެ ކުރިއަށް ނުދެވި ސައިކަލެއް ގަައި ތިބި ދެ މީހުންގެ ގައިގައި ޖިޕުން އައިސް ޖައްސާ މަންޒަރެވެ.

ފެންނަ ފެންނަ ބެލެވެނީ ގަސްތުގައި ޖައްސަނީ ކަމަށެވެ. ސައިކަލު ދުއްވަން އިނީ އަންހެނެކެވެ.

ޖިޕުން ޖެހުމުން އެ ދެ މީހުން ސައިކަލާ އެކު ވެއްޓެ އެވެ. އަނިޔާވާނެ ކަމަށް ބެލެވެ އެވެ. އެ ސަރަހައްދުގައި ތިބި ބައެއް މީހުން އައިސް އެ ދެ މީހުންނަަށް އެހީތެރިވެދޭއިރު ޖިޕު ދުއްވަން އިން މީހާ ވެހިކަލުން ފައިބަނީ ވެސް އެ މީހުން އައިސް އެހީތެރިވެދޭން ފެށުމުންނެވެ. އަދި ފޭބުމަށް ފަހު ވެސް ދުރުގައި މަންޒަރު ބަލަން ހުންނަނީ އެވެ.

ފުލުހުން ބުނީ އެ ހާދިސާ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި މައްސަލަ ބަލަމުންދާ ކަމަށެވެ.

ވީޑިއޯ އިން އެ ޖިޕާއި ދުއްވަން އިން މީހާ ވެސް ފަސޭހަ އިން ދެނެގަނެވޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.