ރޭގެ އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ އޮތީ ވެންޓިލޭޓަރުގައި

މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން މީހާ އަށެވެ. އެއީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަށް އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވެ އެވެ.

ރޭ ސައިކަލަކާއި ކާރެއް ޖެހި ހިނގާދިޔަ އެކްސިޑެންޓް -- ފޮޓޯ: އެމްވީ ކްރައިސިސް

ރޭ މާލޭގައި ކާރަކާއި ސައުކަލެއް ޖެހި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާއަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

މި އެކްސިޑެންޓާ ގުޅޭ ގޮތުން ފުލުހުން މިއަދު ބުނީ ރޭ 12:53 ހާއިރު ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހި، އެކްސިޑެންޓެއް ހިނގާފައިވާ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން މީހާ އަށެވެ. އެއީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަށް އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވެ އެވެ.

މި ހާދިސާއާ ގުޅޭ ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެކްސިޑެންޓް ހިނގާފައި ވަނީ ކޮއިމަލާ ހިނގުމުން ލަނބާލި ޓެކްސީ ކާރުގައި ސައިކަލު އައިސް ޖެހިގެންނެވެ. ސައިކަލުގެ ކުރީބައި އޮތީ އެއްކޮށް ފުނޑުފުނޑު ވެފަ އެވެ. ކާރަށް ވެސް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.