"ދެ ރައީސުންގެ މެދުގައި ހިނގި މުވާސަލާތަކީ ޑިމޮކްރަސީ ތަސައްރަފު ފުދޭކަމުގެ ދަލީލެއް"

ރައީސްގެ ސްޕީޗަށް ތައުރީފު ކުރައްވައި ރައީސް މައުމޫން ވަނީ އެއީ ވަރަށް ބާރުގަދަ ސްޕީޗެއްކަ ކަމަށް ވިދާޅުވެފަ އެވެ. އެ ސްޕީޗަށް "ވެލްޑަން" އެއް ވެސް ދެއްވި އެވެ.

ސިޓީސް، ލޯކަލް ގަވަމެންޓް، ޕަބްލިކް ވޯކްސް މިނިސްޓަރު، އާދަމް ޝަރީފް

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތައުރީފު ކުރެއްވުމުން، އެއީ ޑިމޮކްރަސީގެ ތަސައްރަފު ފުދެމުން އަންނަ ކަމުގެ ދަލީލެއް ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް، ޕަބްލިކް ވޯކްސް މިނިސްޓަރު، އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން ތައުރީފު ކުރައްވާފައި ވަނީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ދެއްވި ސްޕީޗަށެވެ. ރައީސްގެ ސްޕީޗުގައި ސިޔާސީ ވާހަކަތައް އެއްކައިރިކޮށް، ބޮޑަށް ބާރުއެޅުއްވީ ގައުމިއްޔަތާއި ދީނީ ކަންކަކަމަށް އިސްކަން ދިނުމަށެވެ.

ރައީސްގެ ސްޕީޗަށް ތައުރީފު ކުރައްވައި ރައީސް މައުމޫން ވަނީ އެއީ ވަރަށް ބާރުގަދަ ސްޕީޗެއްކަ ކަމަށް ވިދާޅުވެފަ އެވެ. އެ ސްޕީޗަށް "ވެލްޑަން" އެއް ވެސް ދެއްވި އެވެ.

ރައީސް މައުމޫންގެ ތައުރީފުގެ މެސެޖަށް ރައްދު ދެއްވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައި ވަނީ ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކު ވެރިކަމުގައި ހުންނެވި ބޭފުޅަކަށް ތައުރީފުގެ ބަސްކޮޅެއް ވިދާޅުވުމަކީ އުފާ ކުރައްވާ ކަމެއް ކަމަށެވެ.

"ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކު ވެރިކަމުގައި ހުންނެވި ބޭފުޅަކަށް ތައުރީފުގެ ބަސްފުޅެއް ވިދާޅުވުމަކީ އަދި އެކަން ބަލައިގަނެ، ޝުކުރު އަދާކުރެއްވުމަކީ ވަރަށް އުފާ ކުރާ ކަމެއް. މަޑުމަޑުން ރާއްޖޭގެ ޑިމޮކްރަސީ ތަސައްރަފު ފުދެމުން އަންނަކަން ދޭހަވާކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް މައުމޫން، ރައީސް މުއިއްޒަށް ތައުރީފު ކުރައްވާފައިވާއިރު، އާންމުން ވެސް ވަރަށް ބޮޑަށް ރައީސަށް ތައުރީފު ކޮށްފަ އެވެ. ރައީސްގެ ސްޕީޗުގައި ދީނީ ކަންކަމަށް އިސްކަންދީ، އިހުގައި ގެންގުޅުނު ރިވެތި އާދަކާދަތައް އަލުން އަނބުރާ ގެނައުމަށް ބާރު އަޅުއްވާފައިވެ އެވެ. މިއީ މިފަދަ ކަމަކަށް އެދިވަޑައިގަތް ފުރަތަމަ ރައީސް ކަމުގައި ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.