ފުލުހަކު އަންހެނަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަނީ

ފުލުހުން ބުނީ އެ މައްސަލަ އެ އިދާރާއަށް ހުށައަޅާފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރާ -- މިރާ

ފުލުހަކު، އަންހެނަކަށް މަރުގެ އިންޒާރު ދިން މައްސަލަ އެއް ބަލަން ފަށައިފި އެވެ.

ފިރިހެން ފުލުހަކު، އަންހެނަކަށް މަރުގެ އިންޒާރު ދީ އަންހެން މީހާއަށް ފޮނުވާފައިވާ އޯޑިއޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. ކަންބޮޑުވުމާ ހާސްކަމުގައި ހުރެ އެ މީހާ ވަނީ އަންހެން މީހާއަށް ތަކުރާރުކޮށް އިންޒާރު ދީފަ އެވެ.

ފުލުހުން ބުނީ އެ މައްސަލަ އެ އިދާރާއަށް ހުށައަޅާފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

ފުލުހުންނާ ގުޅޭ މިފަދަ މައްސަލަތަކަކީ ފުލުސް އިދާރާ އިން އަބަދުވެސް ވަރަށް ސީރިއަސް ކޮށް ބަލަމުންދާ މައްސަލަތަކެވެ. މިފަދަ ކަމެއް ފުލުހެއްގެ ފަރާތުން ފެނުމަކީ ފުލުހުންގެ އަހްލާގާ ފުށުއަރާ ކަމެއް ކަމުން އެފަދަ މައްސަލަތައް ހާއްސަ ސަމާލު ކަމެއް ދީގެން ބަލަ އެވެ.

އަންހެން މީހާ ބުނާ ގޮތުން އެ މައްސަލާގައި އިންސާފު ލިބުން ލަސްވެއްޖެ އެވެ. އަދި އެ ފިރިހެން މީހާ ފުލުހުންގެ ވަޒީފާގައި ހުރުމުން ސުވާލު އުފައްދާފައިވެ އެވެ. އަންހެން މީހާ ބުނީ އެ ފިރިހެން މީހާ އޭނާއަށް އަނިޔާކޮށް ތަކުރާރުކޮށް އިންޒާރު ދީފައިވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.