ވަރަށް ގިނަ ދީނީ އިލްމުވެރީންގެ ނަޒަރުގައި ހިލޭ އަންހެނަކާއި ފިރިހެނަކު އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ.
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވަރަށް ގިނަ ފިރިހެން ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދާއި ސަލާމް ނުކުރެވިތަން ފެނުމުން ވަރަށް ދެެރަފުޅުވި ކަމަަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
ވިދާޅުވީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދިވެހި ވަންތަކަމަށްޓަކާ ފަހުރުވެރިވާން ޖެހޭ ވަރަށް ގިނަ ކަންތަައްތަކެއް ފެނުމުން ވަރަށް އުފާފުޅުވި ކަމަށެވެ. ނަމަވެސް ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވަރަށް ގިނަ ފިރިހެން ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދާއި ސަލާމް ނުކުރެވިތަން ފެނުމުން ވަރަށް ދެެރަފުޅުވި ކަމަަށެވެ.
ވަރަށް ގިނަ ދީނީ އިލްމުވެރީންގެ ނަޒަރުގައި ހިލޭ އަންހެނަކާއި ފިރިހެނަކު އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ.
ދިވެހީންގެ ތެރޭގައި ދީނީ އެ އާދަ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެ މަންޒަރު ގައުމީ އެންމެ ޝަރަފުވެރި ޖަލްސާތަކުން ވެސް ފެނެ އެވެ. އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުމުގެ ބަދަލުގައި ސަލާމް ގޮވާލުމާ އެކު އިޝާރާތުން ސަލާމް ކުރެ އެވެ.
ރައީސް މައުމޫނަކީ ވެސް ވަރަށް ބޮޑު ދީނީ އިލްމުވެރި އެކެވެ. ނަމަވެސް މި މައްސަލާ ގައި އެމަނިކުފާނުގެ ވިސްނުންފުޅު ތަފާތީ އެވެ. ދީނީ މިފަދަ ބައެއް މައްސަލަތަކުގައި އިލްމުވެރީންގެ މެދުގައި އިހްތިލާފު ހުރެ އެވެ.
މެޑަމް ސާޖިދާ އަކީ ވެސް ކުރީން ފިރިހެން ބޭފުޅުންނާ ސަލާމް ކުރައްވާ ބޭފުޅެއް ނޫނެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެން އެކަން ބަދަލު ކުރެއްވީ އެވެ. ބައެއް ބޭފުޅުން އެ ވިސްނުންފުޅުގައި ވެސް އެކަމަނާއާ ސަލާމް ކުރައްވަން އިސްވެ އަތްދިއްކުރުމަށް ފަސްޖެހުން އެކަށީގެންވެ އެވެ.
ސާޖިދާގެ ބައްޕާފުޅަކީ ދިވެހީންގެ ތެރޭގައި ނަބިއްޔާގެ ސުންނަތުގެ ކަންކަން ދިރުވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އައްޝައިހް މުހައްމަދު ބިން އިބްރާހިމެވެ.
މީ ރައީސް މައުމޫނު އަންހެނުން ހެން އުޅޭ ފަސްޓް ލޭޑީ އެއްނޫން އެޔައްވުރެން މާ އިއްޒަތްތެރި އޯގާތެރި ހަރުދަނާ ފަސްޓް ލޭޑީ އެއް ސާޖިދާ މެޑަމްއަކީ އެވަރުގެ ރަނގަޅު ފަސްޓް ލޭޑީ އެއް ދެން ނުލިބޭނެ އުޅޭދާނެ އެކަމަކު ވަރަށް މަދުވާނެ