މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކުރުމާ ބެހޭ މުއާހަދާގައި ސޮއިކޮށްފި

މި މުއާހަދާގައި ރާއްޖޭގެ ފަރާތުން ސޮއި ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ވެސް ހޯދާފައިވެ އެވެ. މި މުއާހަދާގައި ރާއްޖޭން ބައިވެރިވުމަށް މަޖިލީހުން ރުހުން ދީފައި ވަނީ މިދިޔަ މޭމަހުގެ 13 ވަނަ ދުވަހު

ބީބީއެންޖޭ މުއާހަދާގައި ޑރ. އަލީ ނަސީރު ސޮއިކުރައްވަނީ --

މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާއި އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ މުއަހަދާ، (ބީބީއެންޖޭ މުއާހަދާ) ގައި ދިވެހިރާއްޖެއިން ސޮއިކޮށްފި އެވެ. 

އ.ދ. ގެ މައިމަރުކަޒުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، މި މުއާހަދާގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ، އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. އަލީ ނަސީރު މުހައްމަދެވެ.

ގާނޫނީ ގޮތުން ބަނދެވޭ މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާ އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ ގާނޫނީ މަސްދަރެއް އެކުލަވާލުމަށް އދ. ގެ އަންމު މަޖިލީހުން 2015 ވަނަ އަހަރު ނިންމަވާފައިވެ އެވެ. އެ ނިންމުމަށް ފަހު 2016 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު އެ ގާނޫނީ މަސްދަރުގައި ހިމެނޭނެ މައުލޫއު އެކުލަވާލުމަށް ފަހު، ޖޫން 19، 2023 ގައި އެ ގާނޫނީ މަސްދަރު މުއާހަދާއެއްގެ ސިފައިގައި ފާސްކޮށްފައިވެ އެވެ.

މި މުއާހަދާގައި ރާއްޖޭގެ ފަރާތުން ސޮއި ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ވެސް ހޯދާފައިވެ އެވެ. މި މުއާހަދާގައި ރާއްޖޭން ބައިވެރިވުމަށް މަޖިލީހުން ރުހުން ދީފައި ވަނީ މިދިޔަ މޭމަހުގެ 13 ވަނަ ދުވަހު އެވެ.

ފޮރިން މިނިސްޓްރީން ބުނީ ސޮއިކޮށްފައިވާ މުއާހަދާގެ ދަށުން ބޮޑެތި ކަނޑުގެ ސަރަހައްދުތައް ހިމާޔަތްކުރުމުގެ އިޖުރާއަތު ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ކަނޑާ ގުޅޭ ޓެކްނޮލޮޖިކަލް މައުލޫމާތު ހިއްސާކުރުމާގުޅޭ ކަންތައްތައްވެސް މި މުއާހަދާގައި ހިމެނިފައިވާ ކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ފިޔަވަޅުތައް އެޅުމާ ގުޅޭ ޝަކްލީ ކަންތައްތައް އޭގައި ހިމަނާފައިވާ ކަމަށެވެ.

އަދި މި ކަންކަމަކީރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ލިބޭ މަންފާތައް ޙިމާޔަތްކުރުމަށް މުހިންމު ކަންތައްތަކެއް ކަމުގައިވާތީ، މި މުއާހަދާގައި ބައިވެރިވުމުން ރާއްޖެ އަށް ވަރަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.