ގައުމިއްޔަތުގެ ދިރާސާތަކަށް ހާއްސަ ކޮލެޖު "އިސްވަރު" އިފްތިތާހުކޮށްފި

މި ކޮލެޖާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މުސްތަގުބަލުގައި ދިވެހި ގައުމިއްޔަތުގެ އިސްވަރު ވާނީ ގާނޫނުން ބާރުލިބިދޭ ދިވެހި ގައުމީ ތަރިކައިގެ ކޮލެޖަކަށް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްވަރު ކޮލެޖު އިފްތިތާހު ކޮށްދެއްވަނީ --

ގައުމިއްޔަތުގެ ދިރާސާތައް ކުރުމަށް ހާއްސަ ކުރާ ކޮލެޖު، "ދިވެހި ގައުމިއްޔަތުގެ އިސްވަރު" ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިފުތިތާހުކޮށްދެއްވައިފި އެވެ.

ރައީސް މި ކޮލެޖު އިފުތިތާހު ކޮށްދެއްވީ މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގަ އެވެ. މި ޖަލްސާގައި މި ކޮލެޖާ ބެހޭ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާފަ އެވެ.

ކޮލެޖާ ގުޅޭ ގޮތުން ދިން ޕްރެޒެންޓޭންގައި ބުނެފައި ވަނީ އެ ކޮލެޖު ވާނީ ރައީސް މުއިއްޒު އެކަށައަޅުއްވާފައިވާ ގައުމިއްޔަތު އިޔާދަކުރެއްވުމުގެ ގައުމީ ނިޒާމްގެ މުހިންމު އެއް ގުނަވަނަށް ކަމަށެވެ.

'އިސްވަރު' އެކުލެވިގެންވަނީ މައިގަނޑު ފަސް ދާއިރާއެއްގެ މައްޗަށެވެ. އެއީ، ދިވެހި ބަސްގެ ވަރު، ދިވެހި ތާރީހުގެ ވަރު، ދިވެހި ތަރިކައިގެ ވަރު، ދިވެހި ސުމޭކުގެ ވަރު އަދި ދިވެހި ފަންނުގެ ވަރެވެ.

މި ފަސް ދާއިރާ އަށް އިސް ބޭފުޅުން ވެސް ވަނީ މި ޖަލްސާގައި އައްޔަނުކުރައްވާފަ އެވެ. އެއީ؛ 

  • ކަށީމާ އަހްމަދު ޝާކިރު، މއ. ކަށީމާ - ދިވެހި ތާރީހުގެ އިސްވާރު
  • މަރްޔަމް ތައުފީގާ، މ. ޑްރީމީ ލައިޓް - ދިވެހި ބަހުގެ އިސްވާރު
  • ހަސަން ޒަރީރު، ސ. މަރަދޫ/ލޮނުފެން - ދިވެހި ތަރިގައިގެ އިސްވާރު
  • މުހައްމަދު އަބްދުލްގާދިރު، ގ. ގޯޅިތޭރެގެ - ދިވެހި ސުމޭކުގެ އިސްވާރު
  • މަރްޔަމް އިޝާ އަޒީޒް، ހ. ހާދި - ދިވެހި ފަންނުގެ އިސްވާރު
އިސްވަރު ކޮލެޖުގެ ދިވެހި ތާރީހުގެ އިސްވާރު، ކަށީމާ އަހްމަދު ޝާކިރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ފަތްކޮޅު އަރުއްވަނީ --

"އިސްވަރު" އެ ނަން ކޮލެޖަށް ދިން ގޮތް މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކައްވަމުން ދިވެހި ބަހާއި ތަރިކައާ ގުޅޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވަނީ ވިދާޅުވެދެއްވައިފަ އެވެ. އެގޮތުން 'ވަރު' މި ލަފްޒު ނަގާފައި ވަނީ ގައުމީ ދުވަހުގެ ބަތަލު ރާއްޖެ މިނިވަން ކުރުމަށް ފަހު، ކަންކަން ބެލެހެއްޓުމަށް އުފެއްދި ގްރޫޕްތަކަށް ކިޔާ ނަމުން ކަމަށް ވިދާޅުވެ ދެއްވި އެވެ.

މި ކޮލެޖާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މުސްތަގުބަލުގައި ދިވެހި ގައުމިއްޔަތުގެ އިސްވަރު ވާނީ ގާނޫނުން ބާރުލިބިދޭ ދިވެހި ގައުމީ ތަރިކައިގެ ކޮލެޖަކަށް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.