ޝަރަފުވެރިކަމުގެ އިނާމު ހަތް ބޭފުޅަކަށް، ހިތްވަރު ދިނުމުގެ އިނާމު 10 ބޭފުޅަކަށް

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ. އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ދެއްވީ، ހަނދާނީ ފިލައެކެވެ.

ގައުމީ އިނާމު ލިބިވަޑައިގަތް ބޭފުޅަކަށް ހަނދާނީ ފިލާ ދެއްވަނީ --

ސަރުކާރުން ދޭ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތް ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 10 ބޭފުޅަކާއި ކުންފުންޏަކަށް ދީފި އެވެ.

މި އިނާމުތައް ދެއްވާފައި ވަނީ މިއަދު ބޭއްވި ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގައި، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ. އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ދެއްވީ، ހަނދާނީ ފިލައެކެވެ.

ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގަތް ބޭފުޅުންނަކީ؛

  • 1.ދެމިހުންނަނިވި ހާއްސަ ހިދުމަތެއްކުރުމުގެ ދާއިރާ - އަލްމަރްޙޫމް މުހައްމަދު ތައުފީގުގެ ހަނދާނަށް
  • 2.ސިއްހީ ދާއިރާ - ޑރ. އަބްދުލްއަޒީޒު ޔޫސުފް
  • 3.ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރީގެ ދާއިރާ - މުހައްމަދު މާޖިދު
  • 4.ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ - މޫސާ ލަތީފް
  • 5.ކުޅިވަރުގެ ދާއިރާ - މުހައްމަދު ނާސިރު
  • 6.ކުޅިވަރުގެ ދާއިރާ - އަހުމަދު މުހައްމަދު
  • 7.ޕާފޯމިން އާޓްސްގެ ދާއިރާ - ހަސަންމަނިކު

މިއަދުގެ ޖަލްސާގައި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަތް ބޭފުޅުންނަކީ؛

  • 1.ކީރިތި ގުރްއާން އުނގަންނައިދިނުމާއި އިލްމުގެ ދާއިރާ - އަލްގާރީ އަހުމަދު އިބްރާހީމް
  • 2.ކީރިތި ގުރްއާން އުނގަންނައިދިނުމާއި އިލްމުގެ ދާއިރާ - އަލްއުސްތާޒު އަބްދުއްރަޙްމާން ޔޫނުސް
  • 3.އިސްލާމްދީނަށް ހިދުމަތްކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާ - ޝައިހު އިއްޒައްދީން އަދުނާން
  • 4.އިސްލާމްދީނަށް ހިދުމަތްކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާ - ޝައިހު އަހުމަދު މައުމޫން
  • 5.ތައުލީމީ ދާއިރާ - އިސްމާއީލް ސާޖިދު
  • 6.މަސްވެރިކަމުގެ ދާއިރާ - އިބްރާހީމް ތައްހާނު
  • 7.ވިޔަފާރިއާއި އިގްތިސޯދީ ދާއިރާ - ރިޔަން ޕްރައިވެޓް ލިމިޓެޑް
  • 8.ވިޔަފާރިއާއި އިގްތިސޯދީ ދާއިރާ - އާމިރު މަންސޫރު
  • 9.ބޯޓް ބިލްޑިންގެ ދާއިރާއިން - އަބްދުއްރަޙްމާނު ޔޫސުފު
  • 10.ކަލިނަރީ އާޓްސްގެ ދާއިރާ - ފާތިމަތު އުމަރު
  • 11.ހިލޭސާބަހަށް މަސައްކަތްކުރުމާއި، މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމު ދާއިރާ - ހުސައިން އަލީ

މި ޖަލްސާގައި، ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްހޫމް ހުސައިން ސަލާހުއްދީންގެ ހަނދާނަށް ވެސް ވަނީ އަރުއްވާފަ އެވެ.

ސަރުކާރުން ދެމުން ގެންދާ ގައުމީ އިނާމަކީ، ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ގައުމުގެ ތަރައްގީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަގުސަދުގައި ދޭ އިނާމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.