"ގައުމިއްޔަތު އިއާދަ ކުރުމުގެ މަސައްކަތުގެ ތެރެއިން ގިނަ ދިރާސާތަކެއް ކޮށް 800 މީހުން ތަމްރީނުވެއްޖެ"

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް

ދިވެހި ގައުމިއްޔަތު އިއާދަކުރުމަށް މި ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން މިހާތަނަށް އެކި ގައުމުތަކުގެ ގައުމިއްޔަތާ ގުޅޭ ދިިިރާސާތަކެއް ހެދި 800 އަށްވުރެ ގިނަ މީޙުން މި ދާއިރާއިން ތަމްރީނުވެފައިިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ގައުމީ ދުވަހާއި ގުޅުވައިގެން ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދިވެހިރާއްޖެއަކީ ދީނީ ގޮތުން ވެސް ތާރީހީ ގޮތުން ވެސް ބަހުގެ ގޮތުން ވެސް އަދި ސަގާފަތުގެ ގޮތުން ވެސް ފަހުރުވެރިވުން އެކަށީގެންވާ މާޒީއެއް އޮތް ގައުމެއް ކަމަށެވެ. އަދި ދިވެހި ގައުމަކީ އެ މާޒީގެ މައްޗަށް މުސްތަގުބަލު ބިނާކުރުމުގައި، ޖެހިލުމެއް، ސިހުމެއް، ބިރެއް، އޮންނަންވީ ގައުމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ހާއްސަ މަސައްކަތްތަކެއް މި ސަރުކާރުން ފެށީ މި ފަދަ އެތައް ހަގީގަތްތަކެއް އެ ކަމުގައި އެކުލެވިގެންވާތީ ކަމަށެވެ. އަދި މާޒީއަކީ މުސްތަގުބަލުގެ މޫނު ބަލާ ލޯގަނޑުކަމަށް ވާތީ އާ ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ މި މަސައްކަތުގެ ތެރޭގައި ދިވެހި ގައުމާ މެދު އިލްމީ ނަޒަރިއްޔާތުތަކުން ބެލޭނެ ކަމަށެވެ.

"އަހަރުން އަހަރަށް ރާއްޖޭގައި ހިނގާކަންކަން ވަޒަންކުރެވި އެންތޮލޮޖައިޒްކުރެވޭނެ. މި މަސައްކަތް ކުރެވިގެންދާއިރު، ވިސްނާލަންޖެހޭ ހަގީގަތަކީ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއާ މި ފަދަ ހޭލުންތެރިކަމެއް އިލްމީ ގޮތެއްގައި ރާއްޖޭގައި އާންމުވެފައި ނެތްކަން. އެހެންވީމާ ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ނިޒާމުން އިރާދަކުރެއްވިއްޔާ މި މައްސަލަ ހައްލުކުރެވޭނެ." އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެކަމަށްޓަކާ ފާއިތުވި ނުވަމަސް ދުވަހުގެ ތެރޭ ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގެ ވިލަރެސްވެރީން މިހާރު ދުނިޔޭގެ 180އަށްވުރެ ގިނަ ގައުމުގައި އެ ގައުމުތަކުގެ އަމިއްލަވަންތަކަން ދަމަހައްޓާ ގޮތުގެ ދިރާސާތައް ހަދާފައިވާ ކަމަށެވެ. އަދި އިލްމީ ފަންނީ އެކި ދާއިރާތަކުން 800 އަށްވުރެ ގިނަ ބޭފުޅުންނަށް މިހާރު ވަނީ ދިވެހި ގައުމިއްޔަތުގެ އަސާސީ އަސްލުތައް އިލްމީ ގޮތުގާ ފޯރުކޮށްދެވިފައި ކަމަށްވެސް ވިދާޅުވިއެވެ.

މިއަދު ދިވެހި ގައުމިއްޔަތުގެ އިސްވަރު މި ވަނީ އުފެދިފައި ކަމަށާއި މުސްތަގުބަލުގައި ދިވެހި ގައުމިއްޔަތުގެ އިސްވަރު ވާނީ ގާނޫނުން ބާރުލިބިދޭ ދިވެހި ގައުމީ ތަރިކައިގެ ކޮލެޖަކަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ކޮލެޖަކީ ރާއްޖޭގައި މިހާތަނަށް އަދި ނުއުފައްދާ ބާވަތެއްގެ ކޮލެޖެއް ކަމަށާއި އެއީ މެންބަރ ޝިޕް، މެންބަރުންގެ ވިޔުގަތަކެއްގެ މައްޗަށް އެކުލެވިގެންވާނެ ކޮލެޖެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ކޮލެޖުގެ މައިގަނޑު ބޭނުމަކީ ދިވެހީންގެ ތަރިކައާއި ސަގާފަތާއި ތާރީހާއި އަމިއްލަވަންތަ އަސްލުތަކަށް އިލްމީ ލެންސުތަކުން މީގެ ފަހުން އަބަދުވެސް ބަލަމުން ބަލަހައްޓަމުން ގެންދިޔުން ކަމަށެވެ. އަދި ދިވެހި ގައުމިއްޔަތަކީ ދިވެހީންގެ ދިރިއުޅުމުގެ ބައެއްކަމުގައި ހެދުން ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.