ވިޔަފާރި އާއި އިގްތިސޯދީ ދާއިރާގެ ހިތްވަރު ދިނުމުގެ އިނާމު ރިޔަން އާއި އާމިރަށް

މި ޖަލްސާގައި ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ހުސައިން ސަލާޙުއްދީންގެ ހަނދާނަށް ވެސް އެރުވި އެވެ.

ރިޔަން ކުންފުންޏަށް ހިތްވަރުދިނުމުގެ ގައުމީ އިނާމު ރައީސް ދެއްވުން، ފޮޓޯ ރައީސް އޮފީސް

ވިޔަފާރި އާއި އިގްތިސޯދީ ދާއިރާގެ ހިތްވަރު ދިނުމުގެ ގައުމީ އިނާމު ރިޔަން ކުންފުންޏާއި ވިޔަފާރިވެރިޔާ އާމިރު އާމިރު މަންސޫރަށް އަރުވައިފި އެވެ. 

ދަރުބާރު ގޭގައި މިއަދު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މި ރަސްމިއްޔާތުގައި އެކި ދާއިރާތަކުން ހިތްވަރު ދިނުމުގެ ގައުމީ އިނާމް އަށް ބޭފުޅަކަށް ލިބިވަޑައިގަތެވެ.

ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވިޔަފާރީގެ ދާއިރާއިން ލިބިވަޑައިގަތީ ވިޔަފާރިއަށް އާ ކަންތައް ތައާރަފު ކުރުމުގެ ރޮނގުން ރާއްޖެއަށް ފްރެންޗައިޒް ވިޔަފާރިތައް ގެންނަވައި ރިސޯޓް ސަޕްލައިގައި ފުޅާކޮށް މަސައްކަތް ކުރައްވާ ލިލީ އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު އާމިރު މަންސޫރު އަށެވެ.

 އަދި ވިޔަފާރި އާއި އިގްތިސޯދީ ދާއިރާއިން އިނާމު ލިބިވަޑައިގެންނެވި އަނެއް ފަރާތަކީ ގޭގެ ކުރެހުމާއި އިމާރާތް ކުރުމުގެ މަސައްކަތްތަކަށް ޒަމާނީ ބަދަލުތަކެއް ގެންނެވި ރިއަން ޕްރައިވެޓް ލިމިޓެޑް އަށެވެ.

ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވި ފަރާތްތައް

  • ގުރުއާން އުގަންނައި ދިނުމާއި ގުރުއާންގެ އިލްމުގެ ދާއިރާއިން - ނ. ހުޅުދޫ، އަލްއުސްތާޒު އަހުމަދު އިބްރާހިމް
  • ދީނީ އިލްމް އުގަންނައިދިނުމުގެ ދާއިރާއިން- އައްޝައިހް އިއްޒުއްދީން އަދުނާން
  • ދީނީ ގޮތުން މީހުން ހޭލުންތެރި ކުރުވުމުގެ ދާއިރާއިން - އައްޝެއިހު އަހުމަދު މައުމޫން
  • ތައުލީމީ ދާއިރާއިން މީހުން ތަމްރީން ކުރުމުގެ ދާއިރާއިން - އިސްލާއިލް ސޯދިގު
  • މަސްވެރިކަމުގެ ދޮށީގެ މަސްވެރިކަމުގެ ދާއިރާއިން - ގއ. ވިލިނގިލި ، އިބްރާހިމް ތައްހާން
  • ވިޔަފާރި އާއި އިގްތިސޯދީ ދާއިރާއިން - ރިއަން ޕްރައިވެޓް ލިމިޓެޑް.
  • ވިޔަފާރި އާއ އޮގްތިސޯދީ ދާއިރާއިން އާ ކަންތައްތައް ތައާރަފު ކުރުމުގެ ދާއިރާއިން - އާމިރު މަންސޫރު
  • ބޯޓް ބިލްޑިންގެ ދާއިރާއިން - ރ. އަލިފުށި އަބްރު ރަހުމާން ޔޫސުފު
  • ކަލިނަރީ އާޓްސް - ރާއްޖޭގެފުރަތަމަ އެގްޒެކެޓިވް ޝެފް ހއ. ފިއްލަދޫ ފާތުމަތު އުމަރު

މި ޖަލްސާގައި ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ހުސައިން ޞަލާޙުއްދީންގެ ހަނދާނަށް ވެސް އެރުވި އެވެ. ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ހުސައިން ސލާޙުއްދީންގެ ހަނދާނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ދިވެހި ޤައުމިއްޔަތުގެ އެންމެ އިސް ބަހާތައް ކަމަށްވާ ދިވެހީންގެ ދީނާއި ދިވެހީންގެ ދިވެހިބަހާއި ތަރިކައާއި ސަގާފަތާއި، މި ދެންނެވި ރޮނގުތަކުން ދިވެހީންގެ ވިސްނުމާއި ފިކުރީ ތަރައްޤީއަށް މަގުފަހިކޮށްދެއްވައި، ޢިލްމުގެ ނޫރު ފެތުރުއްވުމަށް ފަޟީލަތުއްޝައިޚް ހުސައިން ސަލާހުއްދީން ކުރައްވައިފައިވާ ޤައުމީ ހިދުމަތަށްޓަކައެވެ. ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވެވީ ޝަރަފުގެ އައްޑަނައެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.