އަދި އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން ދެ ވަޒީރުންވަނީ މަޝްވަރާކުރައްވާފަ އެވެ.
ޔުނައިޓެޑް އަރަބިކް އެމިރޭޓްސްއަށް ހާރިޖީވަޒީރު މޫސާ ޒަމީރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީރު އަދި ހާރިޖީވަޒީރު ޝައިހު އަބްދުﷲ ބިން ޒާއިދު އައްނަހުޔާނާ ބައްދަލުކުރައްވައިފި އެވެ.
ޔޫއޭއީގެ ހާރިޖީވުޒާރާގައި އޮތް ބައްދަލުވުމެއްގައި ޒަމީރުވަނީ އެގައުމުގެ ރައީސް ޝައިހު މުހައްމަދު ބިން ޒާއިދު އައްނަހުޔާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅެއް ހާރިޖީވަޒީރު އަބްދުﷲ އަށް އަރުއްވާފަ އެވެ.
އަދި އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން ދެ ވަޒީރުންވަނީ މަޝްވަރާކުރައްވާފަ އެވެ.
ފާއިތުވި އަހަރުތަކުގައި ދިވެހިރާއްޖެއަށް ޔުނައިޓެޑް އަރަބި އެމިރޭޓްސްއިން ފޯރުކޮށްދީފައިވާ ދީލަތި އެހީތެރިކަމާއި ގާތް ގުޅުމަށްޓަކައި ޝުކުރު އަދާކުރެއްވުމާއެކު، އިތުރަށް ކައިރިން މަސައްކަތް ކުރެއްވުމަށް ތައްޔާރަށް އޮތްކަން ޒަމީރު ފާހަގަކުރެއްވި އެވެ.
ޔޫއޭއީގެ ބޮޑުވަޒީރުވެސްވަނީ ރާއްޖެއާއެކު މިހާރަށްވުރެ ކައިރިން މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވާފަ އެވެ.
ޒަމީރާއެކު މި ބައްދަލުވުމުގައި ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު، އެމްބެސެޑާ އެޓް ލާޖު އަހްމަދު ނަސީރާއި ސެކްރެޓަރީ ބައިލެޓްރަލް ޑރ.ހާލާ ހަމީދު އަދި ޖޮއިންޓް ސެކްރެޓަރީ މަރިޔަމް ރީޝާއާއި ޑެޕިއުޓީ އެމްބެސެޑަރު ހައްސާން ވަހީދު ބައިވެރިވެވަޑައިގެންނެވި އެވެ.