ގައުމީ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ރައީސްގެ ދެމަފިރިކަނބަލުންގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފާއި، އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހައްމަދު އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަަޑައިގެންނަވަނީ

ގައުމީ ދުވަހުގެ މުނާސަބަތުގައި ގައުމީ ދިދަ ނެގުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންފި އެވެ. 

ޖުމްހޫރީ މައިދާނުގައި މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު 6:00 ގަ އެވެ. 

ރައީސްގެ ދެމަފިރިކަނބަލުންގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފާއި، އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހައްމަދު އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެ އެވެ. 

އެ ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވާއިރު އެ ރަސްމިއްޔާތުގައި ގައުމީ ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ކުރުން އޮތެވެ. އަދި ރަސްމިއްޔާތު ނިންމައިލުމުގެ ގޮތުން ގައުމީ ދިފާއީ ބާރުގެ ބޭންޑުން ގައުމީ ސަލާމް ކުޅެފައިވެ އެވެ. 

ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ ޕޯޗުގީޒުންގެ އަޅުވެތިކަމުގައި ރާއްޖެ އޮތުމަށްފަހު، ރާއްޖެއަށް އަލްޣާޒީ މުހައްމަދު ތަކުރުފާނު އަލްއަޢުޡަމް މިނިވަންކަން ހޯދައިދެއްވި މުނާސަަބާ ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަހެވެ. 

ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދާއި މާދަމާއަކީ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ރައީސްވަނީ ހަމަޖައްސަވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.