ކަމަނާ ރެކޯޑް ހަދައިފި؛ ހުރިހާ ޝޯއެއް ހައުސްފުލް، ހުރިހާ ޓިކެޓެއް ވިކިއްޖެ

މިހާތަނަށް ދިވެހި ފިލްމަކަށް މިވަރުގެ ތަރުހީބެއް ނުލިބެ އެވެ.

ކަމަނާގެ މެއިން ކެރެކްޓާ

ސެޓާން ސްޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން ގުޅިގެން އުފެއްދި "ކަމަނާ" ގެ ހުރިހާ ޝޯއެއްގެ ޓިކެޓް ވިކި ހުސްވެއްޖެ އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ރޭ ޕްރިމިއާ ކުރި ފިލްމު މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ދައްކަން ވަނީ ނިންމާފަ އެވެ. 

ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނީ ހުރިހާ ޝޯއެއްގެ ޓިކެޓް ވިކި ހުސްވެއްޖެ ކަމަށެވެ. އެހެން ކަމުން ހުރިހާ ޝޯއެއް ދައްކާނީ ހައުސްފުލް ކޮށެވެ.

ފިލްމަށް އޮތް ޑިމާންޑް ބޮޑުވެ ހަފްތާ ބަންދުގައި ދަންވަރު ވެސް ދަނީ ޝޯތައް ދައްކަމުންނެވެ. އެ ޝޯތަކުގެ ޓިކެޓް ވެސް ވަނީ ހުސްވެފަ އެވެ.

"ފިލްމު ދައްކަން އިތުުރު އެންމެ ދުވަހެއް ވެސް ލިބޭތޯ މިދަނީ ބަލަމުން،"

"ކަމަނާ" އަކީ ރާއްޖޭގައި އާންމުވެފައިވާ އިޖުތިމާއީ ބޮޑު މައްސަލައެއް ކަމުގައިވާ ގެވެށި އަނިޔާ ކުރުމާއި ދެކޮޅަށް މުޖުތަމައު ހޭލުންތެރިކުރުމުގެ ގޮތުން ހަގީގީ ހާދިސާ އަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމްގެ ޑައިރެކްޓަރަކީ ސަޒާ އާއި ދިލަކަނި ފަދަ ފިލްމްތައް ބެލުންތެރިންނާއި ހަމަޔަށް ގެނެސްދީފައިވާ ޒުވާން ޑައިރެކްޓަރު ހުސައިން މުނައްވަރެވެ.

މިހާތަނަށް ދިވެހި ފިލްމަކަށް މިވަރުގެ ތަރުހީބެއް ނުލިބެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.