ޔާމީން ގަބޫލު ކުރެއްވީ ބުރިޖު ނޭޅޭނެ ކަމަށް، ހުރިހާ ކަމެއްގައި އުޅުއްވީ އަޅުގަނޑު: އަދީބު

ބުރިިޖުގެ މަސައްކަތްތަކުގައި ހުރިހާ ކަމެއްގައި އުޅުއްވީ އޭނާ ކަމަށާއި ޔާމީން އުޅުއްވީ ތާސް ކުޅުއްވުމާއި ސިންގަޕޫރްގައި ވިޔަފާރި ކުރެއްވުން ފަދަ ކަންކަމުގައި ކަމަށް އަދީބު ވިދާޅުވި އެވެ.

ކުރީ ރައީސް އަބްދުﷲ ޔާމީން އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު --

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު ނޭޅޭނެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވުމުން ހުދު ރައީސް އަބްދުﷲ ޔާމީން ވެސް އެކަމާ އެއްބަސްވެ، ބުރިޖު ނޭޅޭނެ ކަމަށް ގަބޫލުފުޅު ކުރެއްވި ކަމަށް ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު މިރޭ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ބްރިޖުގެ ލޭނުތަކާއި ގުޅޭ ބޮޑު ބަހުސެއް ވަނީ ފެށިފަ  އެވެ. އެކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދެއްވާ ކަމަށް ވިދާޅުވެ އަދީބު ވަނީ މިރޭ ވީޑިއޯއެއް ނެރުއްވާފަ އެވެ.

އަދީބު ވިދާޅުވީ ބުރިޖް އަޅުއްވަން ޔާމީން ނިންމެވި ހިސާބުން އެކަމަށް ވަރަށް ގިނަ ބޭފުޅުންނާ މަޝްވަރާކޮށް ވާހަކަ ދެއްކެވި ކަމަށެވެ. އަދި ބައެއް ބޭފުޅުން ބުރިޖު ނޭޅޭނެ ކަމަށް ވިދާޅުވުމުން ހުދު ޔާމީންވެސް އެކަމާ އެއްބަސްވެ، ބުރިޖު ނޭޅޭނެ ކަމަށް ގަބޫލުފުޅު ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް މިއަދުގެ ރައީސް ޑރ. މުއިއްޒު އާއި އޭރުގެ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝަރީފުމެންފަދަ އިންޖިނިއަރިން ބޭފުޅުން ބުރިޖު އެޅޭނެ ކަމަށާއި މިކަމަށް ދިރާސާ ކުރުމަށް ލަފާ ދެއްވި ކަމަށެވެ.

"ދެން އަޅުގަނޑު އޭރުވެސް ރައީސް ޔާމީން އަރިހުގަ ދެންނެވިން ޑރ. މުއިއްޒަކީ މިއީ އިކޮނޮމިކް ކައުންސިލްގަ، ބުރިޖު މަސައްކަތުގެ ކަންކަމުގަ ހިމަނަންޖެހޭ ބޭފުޅެކޭ. ކުރީގެ ރައީސް ވަހީދުގެ ދައުރުގައިވެސް މިގޮތަށް ލަފާދެއްވިން. އެކަމަކު ރައީސް ޔާމީނާ ގުޅުން އޮންނަ ކޮންމެވެސް ޕާކެއް ބަންދު ކުރި މައްސަލައިގެ މުއިއްޒު އަށް ގުޅާފަ ވަރަށް ހަޑި ހުތުރުބަހުން ޔާމީން ވާހަކަދެއްކެވި. އޭގެ ފަހުން ޔާމީން ހުންނަވަނީ ފާޑޭއްގެ ޒާތީގޮތެއް މުއިއްޒު އާ މެދުވެފައި،" ޔާމީން އަވަހާރަކޮށްލަން ބޮން ގޮއްވި ހާދިސާގެ ތުހުމަތު ކުރެވި ޝަރީއަތް ހިންގާ ޖަލުގައި ވެސް ބަންދު ކުރެވުނު އޭރުގެ ނާއިބު ރައީސް އަދީބު ވިދާޅުވި އެވެ.

ބުރިިޖުގެ މަސައްކަތްތަކުގައި ހުރިހާ ކަމެއްގައި އުޅުއްވީ އޭނާ ކަމަށާއި ބުރިޖްގެ މަސައްކަތް ކުރުމަށް ޗައިނާ ސަރުކާރާއި ވާހަކަދައްކަން ނިންމެވިއިރު، އެއިރު ޔާމީން އުޅުއްވީ ގިނައިން ތާސް ކުޅުއްވުމާއި، ސިންގަޕޫރްގައި ވިޔަފާރި ކުރެއްވުން ފަދަ ކަންކަމުގައި ކަމަށް އަދީބު ވިދާޅުވި އެވެ. އަދި ބްރިޖަށް ފަހު މާލެ ސަރަހައްދަށް އަންނާނެ ބަަދުލުތައް އޭނާ ޗައިނާ ރައީސްއާ ހިއްސާ ކުރެއްވިކަންވެސް ފާހަގަކުރައްވާ އަދީބު ވިދާޅުވީ، އޭގެ ދިރާސާތައް ހަދަންވެސް ޖެހުނީ އޭނާ ކަމަށާއި، އެއްބަސްވުމުގެ ސޮއިކުރަންވެސް ޖެހުނީ އޭނާ ކަމަށެވެ.

ރައީސް ޔާމީން ނަންގަވާ ޑިޒިޝަން ހަނދާންފުޅު ނުހުންނަވަނީ ކަމަށާއި އެއީ އެމަނިކުފާނު އަބަދުވެސް އަމަލު ކުރަމުންދާ ގޮތް ކަމަށް އަދީބު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.