ހުރިހާ ނޫސްވެރީން މަރަން ގޮވާލި މައްސަލައެއް ބަލަން ފަށައިފި

އެ މީހާ ކުރި ކޮމެންޓްގައި ބުނެފައި ވަނީ ނޫސްވެރީންނަކީ ވަރަށް ބލ ބޮޑު ބައެއް ކަމަށެވެ. އަދި އޭނާ ކޮމެންޓް ކޮށްފައިވާ ހަބަރު ލިޔުނު ނޫސްވެރިޔާއަށް ފުރައްސާރަ ކޮށްފައިވެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ މައި އިދާރާ

ހުރިހާ ނޫސްވެރީން މަރަން ގޮވާލި މައްސަލައެއް ބަލަން ފަށައިފި އެވެ.

ނޫހަކުން ގެނެސްދިން ހަބަރަކަށް ކޮމެންޓް ކުރި މީހަކު ވަނީ ދިވެހި ނޫސްވެރީންނަށް ފުރައްސާރަކޮށް އެންމެން މަރަން ޖެހޭ ކަމަށްް ބުނެ ކޮމެންޓެއް ކޮށްފަ އެވެ. އެ ކޮމެންޓް ކުރީ "ފާތިމަތު މަދީހާ" ނަމުގައި ހިންގާ އެކައުންޓަކުންނެވެ.

އެ މީހާ ކުރި ކޮމެންޓްގައި ބުނެފައި ވަނީ ނޫސްވެރީންނަކީ ވަރަށް ބލ ބޮޑު ބައެއް ކަމަށެވެ. އަދި އޭނާ ކޮމެންޓް ކޮށްފައިވާ ހަބަރު ލިޔުނު ނޫސްވެރިޔާއަށް ފުރައްސާރަ ކޮށްފައިވެ އެވެ. އަދި އެކަހަލަ މޔ ނޫސްވެރީން ރާއްޖޭގައި އުޅުމަކި ދެރަ ކަމެއް ކަމަށް ބުނެ "މި މީހުންވީ މަރަން" ކަމަށް ކޮމެންޓްގައި ލިޔެފައިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު މިރޭ ވިދާޅުވީ އެ މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ ބަލަމުންދާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ނޫސްވެރީންނާއި މީޑިއާތަކަށް ފުރައްސާރަ ކުރުން ވަނީ އާންމުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.