ޕާކެއް ބަންދު ކުރި މައްސަލައިގައި ޔާމީން ހުންނެވީ މުއިއްޒުއާ ޒާތީ ގޮތުން ޖައްސާލާފައި: އަދީބު

އަދީބު މި ތުހުމަތު ކުރެއްވީ ބުރިޖުގެ ލޭންތަކާ ގުޅިގެން އުފެދިފައިވާ ބަހުސްގައި އެކަމުހެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދެއްވާ ކަމަށް ވިދާޅުވެ މިރޭ އާންމުކުރެއްވި ވީޑިއޯއެއްގައެވެ.

ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ގުޅުން އޮންނަ ގޭންގަކަށް ނިސްބަތްވާ ޕާކެއް ބަންދު ކުރުމުން، އެކަމާ ޔާމީން ހުންނަވަނީ ރައީސް މުއިއްޒު އާ ޒާތީ ގޮތުން ޖައްސާލައްވާފައި ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިރޭ ތުހުމަތު ކުރައްވައިފި އެވެ.

އަދީބު މި ތުހުމަތު ކުރެއްވީ ބުރިޖުގެ ލޭންތަކާ ގުޅިގެން އުފެދިފައިވާ ބަހުސްގައި އެކަމުހެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދެއްވާ ކަމަށް ވިދާޅުވެ މިރޭ އާންމުކުރެއްވި ވީޑިއޯއެއްގައެވެ.

އަދީބު ވިދާޅުވީ ބުރިޖް އަޅުއްވަން ޔާމީން ނިންމެވި ހިސާބުން އެކަމަށް ވަރަށް ގިނަ ބޭފުޅުންނާ މަޝްވަރާކޮށް ވާހަކަ ދެއްކެވި ކަމަށެވެ. އަދި ބައެއް ބޭފުޅުން ބުރިޖު ނޭޅޭނެ ކަމަށް ވިދާޅުވުމުން ހުދު ޔާމީންވެސް އެކަމާ އެއްބަސްވެ، ބުރިޖު ނޭޅޭނެ ކަމަށް ގަބޫލުފުޅު ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް މިއަދުގެ ރައީސް ޑރ. މުއިއްޒު އާއި އޭރުގެ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝަރީފުމެންފަދަ އިންޖިނިއަރިން ބޭފުޅުން ބުރިޖު އެޅޭނެ ކަމަށާއި މިކަމަށް ދިރާސާ ކުރުމަށް ލަފާ ދެއްވި ކަމަށެވެ.

"ދެން އަޅުގަނޑު އޭރުވެސް ރައީސް ޔާމީން އަރިހުގަ ދެންނެވިން ޑރ. މުއިއްޒަކީ މިއީ އިކޮނޮމިކް ކައުންސިލްގަ، ބުރިޖު މަސައްކަތުގެ ކަންކަމުގަ ހިމަނަންޖެހޭ ބޭފުޅެކޭ. ކުރީގެ ރައީސް ވަހީދުގެ ދައުރުގައިވެސް މިގޮތަށް ލަފާދެއްވިން. އެކަމަކު ރައީސް ޔާމީނާ ގުޅުން އޮންނަ ކޮންމެވެސް ޕާކެއް ބަންދު ކުރި މައްސަލައިގެ މުއިއްޒު އަށް ގުޅާފަ ވަރަށް ހަޑި ހުތުރުބަހުން ޔާމީން ވާހަކަދެއްކެވި. އޭގެ ފަހުން ޔާމީން ހުންނަވަނީ ފާޑޭއްގެ ޒާތީގޮތެއް މުއިއްޒު އާ މެދުވެފަ. މި ޕާކު ބަންދު މި ކުރީ ސްކޫލު ކުއްޖަކު މަރާލުމުން،" އޭނާ ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ ބުރިޖުގެ ލޭނެއް މަދުވާ ކަމަށްބުނެ ރައީސް ޔާމީން ވިދާޅުވަނީ އިތުރުފުޅެއް ކަމަށާ ޖޮގިން އަށް އޮންނަ ލޭން އަކީ ބައިސްކަލް ލޭން ކަމަށް ނިންމެވީވެސް ހުދު ރައީސް ޔާމީން ކަމަށެވެ. އެހެން ނަމަވެސް އެ ލޭނުން ބައިސްކަލް ނުދުއްވޭނެ ކަމަށް ކަނޑައެޅީވެސް އެމަނިކުފާނު ކަމަށް ވިދާޅުވިއެވެ.

"އެފަހަރު އެމްޑީއޭއިން ހުށަނޭޅި ނަމަކާ ހައުސިން މިނިސްޓަރުކަންވެސް ޑރ. މުއިއްޒަކަށް ނުދެއްވާނެ. އެހެންވީމަ ވަރަށް ބޮޑަށް ޑރ. މުއިއްޒު ހުންނެވީ އެކަހެރި ކުރައްވާފަ. އިކޮނޮމިކް ކައުންސިލުން ފައިނަލް ކުރި ގޮތަށް އެ އޮތީ ބުރިޖުގެ ލޭނުތަކާއި އޭގެ ފީޒެބިލިޓީއާ، ބޯހޯލް ސްޓަޑީއާ. އެއަކީ ބަދަލު ކުރެވޭނެ ކަންކަމެއް ނޫން." އޭނާ ވިދާޅުވިއެވެ.

ބުރިިޖުގެ މަސައްކަތްތަކުގައި ހުރިހާ ކަމެއްގައި އުޅުއްވީ އޭނާ ކަމަށާއި ބުރިޖްގެ މަސައްކަތް ކުރުމަށް ޗައިނާ ސަރުކާރާއި ވާހަކަދައްކަން ނިންމެވިއިރު، އެއިރު ޔާމީން އުޅުއްވީ ގިނައިން ތާސް ކުޅުއްވުމާއި، ސިންގަޕޫރްގައި ވިޔަފާރި ކުރެއްވުން ފަދަ ކަންކަމުގައި ކަމަށް ވެސް އަދީބު ވިދާޅުވި އެވެ. އަދި ބްރިޖަށް ފަހު މާލެ ސަރަހައްދަށް އަންނާނެ ބަަދުލުތައް އޭނާ ޗައިނާ ރައީސްއާ ހިއްސާ ކުރެއްވިކަންވެސް ފާހަގަކުރައްވާ އަދީބު ވިދާޅުވީ، އޭގެ ދިރާސާތައް ހަދަންވެސް ޖެހުނީ އޭނާ ކަމަށާއި، އެއްބަސްވުމުގެ ސޮއިކުރަންވެސް ޖެހުނީ އޭނާ ކަމަށެވެ.

ރައީސް ޔާމީން ނަންގަވާ ޑިޒިޝަން ހަނދާންފުޅު ނުހުންނަވަނީ ކަމަށާއި އެއީ އެމަނިކުފާނު އަބަދުވެސް އަމަލު ކުރަމުންދާ ގޮތް ކަމަށެވެ. އެމްއެމްޕީއާރްސީގެ މައްސަލައިގައި ނިގުލުގައި ހުންނެވީ އެމަނިކުފާނު ކަމަށް ވެސް ވިދާޅުވި އެވެ. އަދި ހުރިހާ ފައިސާއެއް ހުރީ އެމަނިކުފާނުގެ އެކައުންޓުގައި ކަމަށް އަދީބު ވިދާޅުވި އެވެ. އެހެން ނަމަވެސް ހުރިހާ ކަމެއް ހަނދުމަފުޅު ނައްތަވާލައްވާ އެކަންތައްވެސް ޒިޔަތު އާއި އަދީބުގެ ބޮލަށް ޖަހާލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.