އުތުރުގެ މެރިޓައިމް ހިދުމަތްތަކާ ގުޅޭ ހާއްސަ ވެބްސައިޓް ލޯންޗު ކޮށްފި

ޔޫއެމްއެސްގެ ވެބްސައިޓްއިން އުތުރުގައި ފޯރުކޮށްދޭ މެރިޓައިމްގެ ހިދުމަތްތަކުގެ މައުލޫމާތު ލިބޭނެ އެވެ. އަދި އެކި ހިދުމަތްތައް ފޯރުކޮށްދޭ އޭޖެންޓުންގެ މައުލޫމާތުތައް ވެސް މި ވެބްސައިޓް އިން ލިބިގެންދާނެ އެވެ.

އުތުރުގެ މެރިޓައިމް ހިދުމަތްތަކާ ގުޅޭ ހާއްސަ ވެބްސައިޓް ލޯންޗު ކުރުން

އުތުރުގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ހިދުމަތްތަކާ ގުޅޭ ހާއްސަ ވެބްސައިޓް މިއަދު ލޯންޗު ކޮށްފި އެވެ.

އިންޓާނޭޝަނަލް ފިއުލް ބަންކަރިން ހިދުމަތާ އެކު، އުތުރުގައި ފެށުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ އިތުރު ހިދުމަތްތައް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ފޯރުކޮށްދޭނީ އުތުރު މެރިޓައިމް ސާވިސަސް (ޔޫއެމްއެސް) ގެ ނަމުގަ އެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތުގައި ޔޫއެމްއެސްގެ ވެބްސައިޓް ލޯންޗު ކޮށްދެއްވީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހިމެވެ.

އުތުރުގެ މެރިޓައިމް ހިދުމަތްތަކާ ގުޅޭ ހާއްސަ ވެބްސައިޓް ލޯންޗު ކުރުން

ޔޫއެމްއެސްގެ ވެބްސައިޓްއިން އުތުރުގައި ފޯރުކޮށްދޭ މެރިޓައިމްގެ ހިދުމަތްތަކުގެ މައުލޫމާތު ލިބޭނެ އެވެ. އަދި އެކި ހިދުމަތްތައް ފޯރުކޮށްދޭ އޭޖެންޓުންގެ މައުލޫމާތުތައް ވެސް މި ވެބްސައިޓް އިން ލިބިގެންދާނެ އެވެ.

އުތުރުގައި އިންޓާނޭޝަނަލް ފިއުލް ބަންކަރިން ހިދުމަތަށް ފެށުމަށް އެސްޓީއޯ އިން މިހާރު ވަނީ ތައްޔާރު ވެފައެވެ. މި ހިދުމަތާއެކު އުތުރުގައި ވަށާ ޖެހޭ މެރިޓައިމްގެ ގިނަ ހިދުމަތްތަކެއް އެމްޕީއެލް އިން ފޯރުކޮށްދޭނެ އެވެ. އޭގެ ތެރޭގައި ޕްރޮވިޝަން ސަޕްލައި އާއި ސްޕީޑް ބޯޓާއި ޕައިލަޓޭޖާއި ވޯޓާ ބަންކަރިން އާއި ކްރޫ ޗޭންޖް އަދި މެއިންޓަނަސްންސްގެ ޚހިދުމަތް އެމްޕީއެލް އިން ފޯރުކޮށްދޭނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް

އަދި ކުރިއަށް އޮތް ތަނުގައި މި ހިދުމަތް އިތުރަށް ފުޅާކޮށް، ހިދުމަތްތައް ފުޅާކުރުމަށް އެމްޕީއެލް އިން ވަނީ ރާވައިފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވީ އުތުރުގައި މެރިޓައިމް ހިދުމަތްތައް އަލަށް ފަށާއިރު، ހިދުމަތްތައް ފުރިހަމަކޮށްދީ، އެ ސަރަހައްދަށް އުޅަނދުތައް އަންނާނެ "ސަބަބެއް" އުފައްދަން ޖެހޭ ކަމަށެވެ. އަދި މި ވެބްސައިޓްގެ ސަބަބުން ދިވެހިރާއްޖޭގެ އެންމެ އުތުރުގައި މި ހިދުމަތްތައް ބައިނަލްއަގްވާމީ މާކެޓަށް ހުޅުވާލެވޭނެ ކަމަށެވެ.

"އުޅަނދުތައް ހިދުމަތް ހޯދަން އަންނާނީ ހިދުމަތްތައް ފުރިހަމަވެގެން އަލަށް ފަށާއިރު ވެސް ހިދުމަތްތައް ފުރިހަމަ ކޮށްދޭން ޖެހޭ. އަޅުގަނޑުމެން މިކަން މިކުރަނީ އުޅަނދު ފަހަރު ރާއްޖެއަށް ފިއުލް ބަންކަރިން ނުވަތަ އެހެން ހިދުމަތެއް ހޯދަންވެސް އަންނާނެ ސަބަބެއް އުފެއްދުމަށް،" ސީއީއޯ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.