އިކްރާމްގެ ބަންދަށް މި ފަހަރު ދިނީ ތިން ދުވަސް

ކޯޓު އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރު ކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ. ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ތިން ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ނުރައްކާތެރި އެކްސިޑެންޓްވީއިރު ކާރު ދުއްވަން އިން އިބްރާހިމް އިކްރާމް --

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ޖުލައި ފަހު ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މ. ލޭންޑްއޮފްގާޑްން، އިބްރާހިމް އިކުރާމް އަލުން ހައްޔަރު ކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.

އިކްރާމް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި އިއްޔެ ވަނީ ދޫވެފަ އެވެ. އޭނާ ބަންދުން ދޫވެފައި ވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމި މަޖިލީހުގައި އޭނާއަށް ވަކީލެއްގެ ފުރުސަތު ލިބިފައި ނުވާތީ އެވެ. ހައިކޯޓުގައި އެ އަމުރު އިސްތިއުނާފު ކުރުމުން އެ ކޯޓުން އިއްޔެ ވަނީ އެ އަމުރު ބާތިލުކޮށްފަ އެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރު ކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ. ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ތިން ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ހުޅުމާލެ ހިޔާ އަވަށް -- ވިނަރަސް ފްލެޓް ސަރަހައްދު ގައި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި އައި ރޭސް ކާރެއް ކޮންޓްރޯލް ނުވެ އެވެ. އެނބުރެމުން އެނބުރެމުން އައި ރަތްކުލައިގެ އެ ކާރުން ޖެހުނީ އެވަގުތު މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގަ އެވެ.

އެކްސިޑެންޓްގައި އެމީހާ ވަރަށް ދުރަަށް ވިއްސައިގެންދިޔަ އެވެ. އޭނާ އިން ސައިކަލަށް ވެސް ބޮޑެތި ގެއްލުންވި އެވެ. އިހުމާލުން އަދި އެފަދަ ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުން ވެސް ކާރުގައި ތިބި މީހުން ވަނީ ކާރުދޫކޮށް ފިލާފަ އެވެ. މި މައްސަލައިގައި ކާރުގައި ތިބި ތިން މީހުން ހޯދުމަށްފަހު އެރޭ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އެއީ، އިކްރާމްގެ އިތުރުން ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހުމާނާއި ގއ. ކަނޑުހުޅުދޫ އާޒާދު، ޖިނާހު އިސްމާއީލެވެ. ދެން ތިބި ދެ މީހުން ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.