ފޮރިން އިންވެސްޓްމަންޓް | މި އަހަރު 800 މިލިއަން ޑޮލަރަށްވުރެ މަތި

މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ޖުމްލަ ޓޫރިޒަމް ނޫން އެހެން ސިނާއަތްތަކުގައި 16 އިންވެސްޓްމަންޓެއް ކޮށްފައިވެ އެވެ. މި އިންވެސްޓްމަންޓުތަކުގެ އަގު 55 މިލިއަން ޑޮލަރަށްވުރެ މައްޗެވެ.

ދުބާއީގައި އިންވެސްޓްމަންޓް

މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ނުވަތަ އައި ބޭރުގެ އިންވެސްޓްމަންޓުގެ އަދަދު 800 މިލިއަން ޑޮލަރަށްވުރެ މަތިވެފައިވާ ކަމަށް ދައްކައިފި އެވެ.

"މިރާ" އަށް ސަރުކާރުގެ ރަސްމީ އިދާރާ އިން ލިބުނު މައުލޫމާތުތަކަށް ބަލާއިރު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގައި 76 އަށްވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ވަނީ ރަޖިސްޓްރީކޮށްފަ އެވެ. މި އިންވެސްޓްމަންޓުގެ ތަކުގެ އަގު 800 މިލިއަން ޑޮލަރު ނުވަތަ 12 ބިލިއަން ރުފިޔާ އަށް ވުރެ މަތިކަމަށް ދައްކަ އެވެ.

މި އަހަރު ރާއްޖޭގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ ތެރޭގައި ޓޫރިޒަމް ސެކްޓާގައިކޮށްފައިވާ 60 އަށްވުރެ ގިނައިންވެސްޓްމަންޓް ހިމެނެ އެވެ. މި އިންވެސްޓްމަންޓުތަކުގެ ވެލިއު ނުވަތަ އަގު 767 މިލިއަން ޑޮލަރަށްވުރެ މައްޗެވެ.

ޓޫރިޒަމް ސެކްޓާގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ ތެރޭގައި 300 މިލިއަން ޑޮލަރުގެ ބޮޑެތި އިންވެސްޓްމަންޓުތައް ވެސް ހިމެނެ އެވެ. އެވްރެޖުކޮށް ޓޫރިޒަމް އިންވެސްޓްމަންޓްތަކުގެ އަގު ހުރީ އެހެން އިންވެސްޓްމަންޓްތަކަށްވުރެ އަގު މަތިކޮށް ކަމަށް ވެސް ދައްކަ އެވެ.

ޓޫރިޒަމް ނޫން 16 އިންވެސްޓްމަންޓް

މި އަހަރުގެ މިހާތަނަށް ޓޫރިޒަމް ނޫން އެހެން ސިނާއަތްތަކަށް 16 އިންވެސްޓްމަންޓެއް އައިސްފައިވެ އެވެ. މި އިންވެސްޓްމަންޓުތަކުގެ އަގު 55 މިލިއަން ޑޮލަރަށްވުރެ މައްޗެވެ. ޓޫރިޒަމް ނޫން ސެކްޓާތަކުގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ ތެރޭގައި ރިއަލްއެސްޓޭޓް ވިޔަފާރި އާއި މި ނޫން ވެސް ވިޔަފާރިތައް ހިމެނެ އެވެ. އަދި ކޮންސްޓްރަކްޝަން އާއި ރިނިއުބަލް އެނާޖީ އަށް އައިސްފައިވާ އިންވެސްޓްމަންޓަކާއި ދަނޑުވެރިކަމުގެ ދާއިރާ އަށް އައިސްފައިވާ އިންވެސްޓްމަންޓު ތަކެއް ވެސް ހިމެނެ އެވެ.

ހިސާބުތައް ދައްކާ ގޮތުގައި 2013 އިން 2018 ގެ ނިޔަލަށް ފަސް އަހަރު ރާއްޖޭގައި 269 ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވެ އެވެ. އަދި މި އިންވެސްޓްމަންޓުތަކުގެ ޖުމްލަ 6.5 ބިލިއަން ޑޮލަރަށް އަރަ އެވެ. މީގެތެރޭގައި ރާއްޖޭގައިކޮށްފައިވާ ޓޫރިޒަމް ނޫން 122 އިންވެސްޓްމަންޓު ވެސް ހިމެނެ އެވެ. މި އިންވެސްޓްމަންޓުތަކުގެ އަގު ތިން ބިލިއަން ޑޮލަރަށްވުރެ މައްޗެވެ. 

އިންވެސްޓްމަންޓް ގެންނަ ހެޔޮ ބަދަލެއް

ސަރުކާރުން ވަނީ ރާއްޖެ އަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ގެންނަން ހިތްވަރު ދިނުމުގެ ގޮތުން އާ އިންވެސްޓްމަންޓް ގާނޫނެއް ތައާރަފުކޮށްފަ އެވެ. އަދި އިންވެސްޓާ ވިސާ ތައާރަފުކޮށްފައިވެ އެވެ. މި މަސައްކަތް ކުރަނީ ދުނިޔޭގެ މަޝްހޫރު ފަރާތްތަކާ ގުޅިގެންނެވެ. ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭން ރެޒިޑެންސީ ވިސާގެ ޕްރޮގްރާމާއެކު ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކުގެ އަދަދު އިތުރުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. މީގެ އިތުރުން މި ސަރުކާރު އައިސްފަހުން ގިނަ އިންވެސްޓްމަންޓް ފޯރަމް ތަކެއް ވެސް ބާއްވާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.