"ޑިޖިޓަލް އިންފްރާސްޓްރަކްޗާ ހަރުދަނާކުރަން ކުރާ މަސައްކަތުގެ ނަތީޖާ ފެންނަން ފަށައިފި"

އޭނާ ވިދާޅުވީ މީގެ އިތުރުން ވެސް ޔޫޓިއުމް ޕްރިމިއަމް އަދި މަނިޓައިޒް ކުރުމުގައި ރާއްޖެ ރެސްޓްރިކްޓް ކޮށްފައިވާއިރު، ގޫގުލް ޕޭމަންޓާއި އެޕަލް އާއި އަދި އެމެޒޯންގައިވެސް ރާއްޖެއަށް އޮތީ ލިމިޓެޑް އެކްސެސް ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ފޮޓޯ: ރައީސް އޮފީސް

ލީގަލް ރިފޯމާއި މުޅި ޑިޖިޓަލް އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި ވަރަށް އަވަހަށް އެކަންކަން ކާމިޔާބު ވެގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސިންގަލް ވިންޑޯ ޕްލެޓުފޯމު އިފުތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ރާއްޖެއަށް ލާމެހިފައިވާ ޕޭމަންޓް މޮޑެލްތައް ގެނައުމަށާއި އީވޮލެޓްސް އަދި އީ ކޮމާސްގެ ސްޕޭސްގައި މަސައްކަތް ކުރާ އެންމެ މަޝްހޫރު ފަރާތްތައް ވީ އެންމެ އަވަހަކަށް ރާއްޖެއަށް ގެނެސް، އެފަރާތްތަކުގެ ހަރަކާތްތެރިވުން ރާއްޖޭގައި ގާއިމް ކުރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވައު އެމަނިކުފާނަށް މަރުހަބާ ދަންނަވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ އެކަން ފާހަގަކުރެއްވީ ސަބަބެއް ނެތި ނޫން ކަމަށެވެ. އެގޮތުން، މީގެ ކުރިން ރާއްޖެ އަކީ ކުޑަ ގައުމަކަށް ވެފައި، މާކެޓް ކުޑަކަމުން ޕޭޕަލް ދުވަހަކުވެސް ރާއްޖެއާ ވާހަކަ ދައްކާފައި ނުވާއިރު، ސަރުކާރުގެ މަސައްކަތުން މިއަދު އެ ހިދުމަތް ތައާރަފް ކުރަން ޕްރޮޕޯސަލް ހުށަހަޅާފައިވާކަން ސައީދު ފާހަގަކުރެއްވި އެވެ. އަދި ކޮންމެވެސް ސިފައެއްގައި އެކަން ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ނަމަވެސް އަޅުގަނޑުމެން ކުރި މަސައްކަތުން، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާ އެއްކޮށް ކުރި މަސައްކަތުން އިރާދަކުރެއްވިއްޔާ ޕްރިޒިޑެންޓް ގްލޯބަލް މާކެޓްސް ޕޭޕަލް އަޅުގަނޑުމެންނާ ޕާސަނީ ބައްދަލުވި، އަދި މިވާހަކަ ދެކެވިއްޖެ. މިހާރު އޮންނާނެ ޕްރޮޕޯސަލް ހުށަހަޅާފަ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން ވެސް ޔޫޓިއުމް ޕްރިމިއަމް އަދި މަނިޓައިޒް ކުރުމުގައި ރާއްޖެ ރެސްޓްރިކްޓް ކޮށްފައިވާއިރު، ގޫގުލް ޕޭމަންޓާއި އެޕަލް އާއި އަދި އެމެޒޯންގައިވެސް ރާއްޖެއަށް އޮތީ ލިމިޓެޑް އެކްސެސް ކަމަށެވެ. ނަމަވެސް ރާއްޖޭގައި 460 އަށްވުރެ ގިނަ ކްރިއޭޓިވް އާޓިސްޓުން އުޅޭއިރު އެމީހުންނަށް އެތަކެތި ދުނިޔޭގެ މާކެޓަށް ނެރެވޭނެ ގޮތެއް މިއަދު ނެތް ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން މި ކުރި މަސައްކަތަކީ އަޅުގަނޑުމެންގެ އަވަށްޓެރި ގައުމުތަކާ އެއްކޮށް، ހާއްސަ ގޮތެއްގަ އެންމެ އަވަށްޓެރި ގައުމާ އެއްކޮށް [އިންޑިއާ] އަޅުގަނޑުމެން މަސައްކަތް މިކުރީ އިންޓަގްރޭޓެޑް ޕޭމަންޓް ސިސްޓަމަކަށް ދިއުމަށްޓަކާ. އެކަން ވެސް އިރާދަކުރެއްވިއްޔާ އެވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ ތެރޭގައި ޗައިނާއާ ރާއްޖެއާ ދެމެދު ވިޔަފާރި ކުރުމަށް ވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.