މަސްވެރިކަން ތިޔާގިވުމުގެ އަލާމާތެއް | އެއް ދުވަހުން 121 ޓަނުގެ މަސް

މިފްކޯއަށް އިއްޔެ ވަނީ 43 ދޯނިން 121 ޓަނުގެ މަސް ކިރުވާފަ އެވެ. މިއީ ހަތަރު މަސް ދުވަހަށްފަހު މަަސް ބޭނޭ މިންވަރު 100 ޓަނުން މައްޗަށް ޖެހުނު ފުރަތަމަ ފަހަރެވެ.

މިފްކޯގެ މަސް ބޯޓެއް : މަސްވެރިކަން ދަނީ ރަނގަޅު ވަމުން -- މިފްކޯ

މަސްވެރިކަން ހީނަރުވެފައި އޮންނަތާ ދުވަސް ތަކެއް ވަނީ ވެފަ އެވެ. އެހެންވެ މަސްވެރިން ތިބީ އެކަމުގެ ނުތަނަވަސް ކަމުގެ އެވެ، އެކަމަކު ދުވަސްތަކަށްފަހު މަސްވެރިކަން ރަނގަޅުވުމުގެ އަލާމާތްތަކެއް ވަނީ ފެންނަން ފަށާފަ އެވެ. ހަތަރު މަހަށްފަހު މިފްކޯ އަށް އިއްޔެ ވަނީ 121 ޓަނުގެ މަސް ކިރުވާފަ އެވެ. 

މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ސައީދު (ކޭޑް) "މިރާ" އަށް ވިދާޅުވި ގޮތުގައި މަސްވެރިކަން މި ދުވަސްވަރު އެހާ ރަނގަޅު ނޫން ނަމަވެސް ރަނގަޅުވަމުން އަންނަ ކަމަށް ފެންނަ ކަމަށާ އިއްޔެ 43 ދޯންޏަކުން 121 ޓަނުގެ މަސް ކިރުވުމަކީ ހެޔޮ ބަދަލެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. 

"މިހާތަނަށް އާއްމުކޮށް ދުވާލަކު މި ކިރުވެނީ 30 ނޫނީ 40 ޓަނުގެ މަސް. އެކަމަކު މިހާރު ބާނާ އަދަދު އެބަ އިތުރުވޭ. އެހެން ކުންފުނި ތަކަށް ވެސް މަސް ކިރުވަމުން ދަނީ. އެހެންވެ ބެލެވެނީ މަސްވެރިކަން ރަނގަޅުވުމުގެ އަލާމާތެއް ކަމަށް،" ދުވާލަކު 600 މެޓްރިކް ޓަނުގެ މަސް ފެކްޓްރީއެއް އޮންނަ ސަރުކާރު މަސް ކުންފުނިން ވާހަކަ ދެއްކެވި އިބްރާހިމް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މިވަގުތު ހުރި މައުލޫމާތު ތަކަށް ބަލާއިރު އެންވެރިކަންވެސް ރަނގަޅު ކަމަށާ ހަމައެއާއެކު މަސް އައިން ވެސް ފެނުން ރަނގަޅު ކަމަށް މަސްވެރިންގެ ފަރާތުން މައުލޫމާތު ލިބެ އެވެ. އެކަމަކު މަސް އެން ނުކެއުމުގެ މައްސަލަ އުޅޭކަން އޭނާ ފާހަގަ ކުރެއްވި އެވެ. 

މަސްވެރިކަން ރަނގަޅުވީއިރު މިފްކޯ އިން މިވަގުތު މަސް ގަންނަ އަގަކީ މަސް ކިލޯއެއް 16ރ. އަށެވެ. ނަމަވެސް އަމިއްލަ ކުންފުނިތަކުން ފެކްޓްރީ ހިންގަން ފަށަން ބޭނުންވާ މަސް ހޯދަން ވަގުތީ ގޮތުން މަސް ގަންނަ އަގު ވަނީ ކިލޯއެއް 18ރ. އަށް މައްޗަށް ޖައްސާފަ އެވެ. އަމިއްލަ ކުންފުނި ތަކުން މަސްވެރިންނަށް 18ރ. އަށް މަސް ކިލޯއެއް މަތިކުރުމަށްފަހު ދެ ރުފިޔާއަށްވާ ފައިސާ ވަގުތުން ދެ އެވެ. އަދި ބާކީ އޮތް 16ރ. ދެނީ ކްރެޑިޓަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.