މަސްވެރިންގެ ފައިސާ | ދެ ހަފުތާއިން ހަތް މިލިއަން، ޖުމްލަ އެއް ބިލިއަން ރުފިޔާ ދޫކޮށްފި

އެންމެ ފަހުން މިފްކޯއިން މަސްވެރިންނަށް ފައިސާ ދޫކުރީ މިއަދު އެވެ. މިއަދު ދޫކުރީ އޯގަސްޓު މަހުގެ ނުވަވަނަ ދުވަހުން 23 ވަނަ ދުވަހަށް ކިރުވި 445 މެޓްރިކް ޓަނުގެ މަހަށްވާ ފައިސާ އެވެ.

ލޭނު މަސްވެރިކަން ފުރަތަމަ ފެށުމުގެ ގޮތުން ދިވެހިން ތަމްރީން ކުރަނީ -- މިފްކޯ

ދައުލަތުގެ މަސް ކުންފުނި މިފްކޯއަށް މަސް ކިރުވި މަސްވެރިންނަށް އޯގަސްޓު މަހުގެ ނުވަވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ހަތް މިލިއަން ރުފިޔާ އަދި ސެޕްޓެންބަރު ތިންވަނަ ދުވަހާ ހަމައަށް ޖުމްލަ އެއް ބިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ މިފްކޯއިން ދޫކޮށްފި އެވެ. 

މިފްކޯއިން މީޑިޔާއާ ހިއްސާކުރި ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް 45،262 މެޓްރިކް ޓަނުގެ މަސް މިފްކޯއަށް ކިރުވާފައިވެ އެވެ. އެ މަހުގެ އަގުގެ ގޮތުގައި 1،014،209،342 (އެއް ބިލިއަން ސާދަ މިލިއަން ދެލައްކަ ނުވަހާސް ތިންސަތޭކަ ސާޅީސް ދެ) ރުފިޔާ ދޫކޮށްފައިވެ އެވެ. 

އެ ފައިސާގެ ތެރެއިން 151 މިލިއަން ރުފިޔާއަކީ މަސްވެރިންނަށް ކްރެޑިޓުގެ ގޮތުގައި ދޫކުރި އައިސް އަދި ތެލުގެ އަގަށްވާ ފައިސާ އެވެ. ނަގުދު ފައިސާގެ ގޮތުގައި މަސްވެރިންނަށް ޖުމްލަ 862.3 މިލިއަން ރުފިޔާ މިފްކޯއިން ދޫކޮށްފައިވެ އެވެ. 

އެންމެ ފަހުން މިފްކޯއިން މަސްވެރިންނަށް ފައިސާ ދޫކުރީ މިއަދު އެވެ. މިއަދު ދޫކުރީ އޯގަސްޓު މަހުގެ ނުވަވަނަ ދުވަހުން 23 ވަނަ ދުވަހަށް ކިރުވި 445 މެޓްރިކް ޓަނުގެ މަހަށްވާ ފައިސާ އެވެ. 

އެ ދެ ހަފުތާއަށްވާ ފައިސާގެ ގޮތުގައި ޖުމްލަ 7 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު އޭގެ ތެރެއިން 1.5 މިލިއަން ރުފިޔާއަކީ އެ މުއްދަތުގައި މަސްވެރިންނަށް ކްރެޑިޓަށް ދޫކުރި މުދަލުގެ އަގަށް އުނިކުރި ފައިސާ އެވެ. ބާކީ 5.4 މިލިއަން ރުފިޔާ އެ ކުންފުނިން ދޫކުރީ ނަގުދު ފައިސާއިންނެވެ. 

އަދި 24 އޯގަސްޓުން ފެށިގެން އިއްޔެގެ ނިޔަލަށް އެ ކުންފުންޏަށް ކިރުވި މަހަށްވާ އަގުގެ ތެރެއިން މަސްވެރިންނަށް ނުދީ ހުރި ފައިސާގެ އަދަދަކީ 6.1 މިލިއަން ރުފިޔާ ކަމަށް މިފްކޯއިން ބުންޏެވެ. 

މިފްކޯއިން މަސްވެރިންނަށް ފައިސާ ދޫނުކުރެވި ބޮޑު ބެކްލޮގެއް އަހަރު ފެށުނުއިރު އޮތް ނަމަވެސް އެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން މިފްކޯއަށް މަސް ގަންނަ އަގަށް ސަރުކާރުން ގެނައި ބަދަލާއެކު މިހާރު މިފްކޯއިން އަންނަނީ މަސް ކިރުވާތާ ދެ ހަފުތާ ތެރޭ މަހަށްވާ ފައިސާ ދޫކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.