މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މިއަދުގެ 6:30 އިން ފެށިގެން 12:30 އާ ހަމަޔަށް ރ އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމަޔަށް ހުދު ސަމާލު ނެރޭ ކަމަށެވެ.
އެގޮތުން މި އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
ބޯކޮށް ވާރޭ ވެހުނު ކަމުގައިވީނަމަވެސް ކަނޑުތައް ގަދަވާނީ އާދައިިގެ ވަރަކަށް ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
މި ދުވަސްވަރަކީ ރާއްހޭގެ އެކި ސަރަހައްދަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމުން، ވާރޭ ވެހި ފެން ބޮޑުވެ ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް ދުރާލާ ތައްޔާވުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. އަދި ވިއްސާރަ ދުވަސްވަރު ކަނޑު ދަތުރުކުރުމަށް ފެށުމުގެ ކުރިން މޫސުމާބެހޭ އިދާރާތަކުން ދެމުންގެންދާ އިރުޝާދުތައް ރަނގަޅަށް ބެލުން މުހިންމު ކަމަށްވެސް އިދާރާތަކުން ވަނީ ބުނެފަ އެވެ.