އާއިލާ އިން ދެކޮޅު ހެދިޔަސް ތަހުގީގަށް އަތުހަރުގެ އޮޓޮޕްސީ ހަދާނެ

ޕޯސްޓްމޯޓަމް ހެދުމުގެ ބޭނުމަކީ ކޭސް އޮފް ޑެޓް ދެނެގަތުމާއި މަރުވުމުގައި އެހެން އިތުރު ސަބަބެއް ނެތްކަން ޔަގީން ކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު އިހްސާން މިރޭ ނޫސްވެރީންނާއި ވާހަކަ ދައްކަވަނީ

އަންހެނަކު ރަހީނުކޮށް ވަޅީން ބިރުދައްކާ މަރާލާނެ ކަމުގެ އިންޒާރު ދިން މައްސަލާގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނިކޮށް އަމިއްލައަށް މަރުވި ށ. މިލަންދޫ، ހެޕީލޭންޑް، އާދަމް އަތުހަރު، ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ނިންމުން ބަދަލު ނުކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

އަތުހަރު ރޭ ވަނީ އަމިއްލަ އަށް މަރުވާން މަސައްކަތް ކޮށްފަ އެވެ. ރެއިން ފެށިގެން އޭނާ އޮތީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ. ފަރުވާ ދިނީ ވެންޓިލޭޓަރުގަ އެވެ.

އޭނާ ދަންޖެހުނީ ދޫނިދޫ ކަސްޓޯޑިއަލް ގަ އެވެ. އައިޖީއެމްއެޗް ގައި ފަރުވާ ދެނިކޮށް އަތުހަރު މަރުވީ ހަވީރު 4:08 ގަ އެވެ.

ފުލުހުން ވަނީ އަތުހަރު މަރުވިކަން ހާމަކޮށް ތަހުގީގަށް ޕޯސްޓްމޯޓަމް ހަދާނެ ކަމަށް ބުނެފަ އެވެ.

ނަމަވެސް އަތުހަރުގެ އާއިލާގެ ފަރާތުން އޭނާގެ ބޭބެ ވަނީ ޕޯސްޓްމޯޓަމް ހަދަން ބޭނުންނުވާ ކަމަށާ ބޭނުންވަނީ ވީހާވެސް އަވަހަށް ހަށިގަނޑު ވަޅުލަން ކަމަށް ބުނެފަ އެވެ.

އަތުހަރު ދަންޖެހުނު މަންޒަރު ފެންނަ ވީޑިއޯ ނޫސްވެރީންނަށް މިރޭ ވަނީ ދައްކާލާފަ އެވެ. ހޯމް މިނިސްޓަރާއި ފުލުހުންގެ އިސްވެރީންގެ ހާޒިރުގައި މި ވީޑިއޯ ނޫސްވެެރީންނަށް ދެއްކީ އެ ހާދިސާއާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް ފަތުރަމުން ގެންދާތީ އެވެ.

އެ ބައްދަލްވުމުގައި މިނިސްޓަރު އިހްސާން ވިދާޅުވީ ޖަލުގައި މިގޮތަށް މަރުވާ ކޮންމެ ހާދިސާއަކާ ގުޅިގެން ތަހުގީގަށް ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށާ އެހެން ކަމުން އާއިލާ އިން ދެކޮޅު ހެދި ނަމަވެސް އަތުހަރުގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށެވެ. އަދި ޕޯސްޓްމޯޓަމްގެ ހެދުމުގެ މަރުހަލާތައް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

ޕޯސްޓްމޯޓަމް ހެދުމުގެ ބޭނުމަކީ ކޭސް އޮފް ޑެޓް ދެނެގަތުމާއި މަރުވުމުގައި އެހެން އިތުރު ސަބަބެއް ނެތްކަން ޔަގީން ކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.