އަތުހަރު ދަންޖެހުނު ވީޑިއޯ ނޫސްވެރީންނަށް ދައްކައިފި، ފުލުސް އަނިޔާއެއް ނުފެނޭ

ވަރަށް ދިގުކޮށް ވީޑިއޯ ދެއްކި އެވެ. އަތުހަރު ގޮޅީގައި އުޅޭ މަންޒަރާއި ދަންޖެހޭ މަންޒަރާއި ފުލުހުން އެ ގޮޅިއަށް އެޓެންޑް ކުރާ ތަނާއި ސްޓްރެޗާ އަށް ލައިގެން އޭނާގެ ހަށިގަނޑު ގެންދާ މަންޒަރު ނިމެންދެން ދެއްކި އެވެ.

އާދަމް އަތުހަރު

އަންހެނަކު ރަހީނުކޮށް ވަޅީން ބިރުދައްކާ މަރާލާނެ ކަމުގެ އިންޒާރު ދިން މައްސަލާގެ ތުހުމަތުގައި ހައްޔަރު ކުރި ށ. މިލަންދޫ، ހެޕީލޭންޑް، އާދަމް އަތުހަރު ދަންޖެހި މަރުވި ހާދިސާއާ ގުޅޭ ވީޑިއޯ، ނޫސްވެރީންނަށް ދައްކާލައިފި އެވެ.

ވަރަށް ގިނަ މީޑިއާތަކުގެ ނޫސްވެރީން ބައިވެރިވި ބައްދަލްވުމުގައި އެ ވީޑިއޯ ދައްކާލާފައި ވަނީ އިސްކަންދަރު ބިލްޑިންގައި މިރޭ ބޭއްވި ބައްދަލްވުމެއްގަ އެވެ. ފުލުހުން ދެއްކީ އެޑިޓް ވެސް ނުކޮށް ފްޓޭޖުގެ ރޯފައިލެވެ.

ވަރަށް ދިގުކޮށް ވީޑިއޯ ދެއްކި އެވެ. އަތުހަރު ގޮޅީގައި އުޅޭ މަންޒަރާއި ދަންޖެހޭ މަންޒަރާއި ފުލުހުން އެ ގޮޅިއަށް އެޓެންޑް ކުރާ ތަނާއި ސްޓްރެޗާ އަށް ލައިގެން އޭނާގެ ހަށިގަނޑު ގެންދާ މަންޒަރު ނިމެންދެން ދެއްކި އެވެ.

  •  ދަންޖެހެން މަސައްކަތް ކުރީ 6:34 ގައި
  •  ފުލުހުންގެ ސަމާލު ކަމަށް އައީ 7:02 ގައި
  •  އޭރު 28 މިނެޓް ހޭދަވެއްޖެ
  •  އަތްހަރުގެ އެއްވެސް ހަބަރެއް އޭރު ނެތް
  •  ދަންޖެހުނުތާ ދެތީން ހަތަރު މިނެޓްތެރޭ އަހްތަރުގެ ހަބަރު ހުސްވެއްޖެ
  •  ތިން ފުލުހުން އައިސް އަތުހަރު ބިންމަތީ ބޭއްވި
  •  ސްޓްރެޗާ ގައި ގޮޅީން ނެރުނީ 7:05 ގައި

ވީޑިއޯ އިން ފުލުހުންގެ ފަރާތުން އަނިޔާވެރި އެއްވެސް އަމަލެއް ނުފެނެ އެވެ. މިއީ މީހެއްގެ / އަދި އޭނާއާ ގުޅިފައިވާ ބަޔަކަށް އަސަރުކުރާނެ ވަރަށް ޒާތީ ކަންކަން ވުމުން ވީޑިއޯއިން ފެނުނު ހުރިހާ މައުލޫމާތެއް ހިއްސާ ކުރެވެން ނެތީ އެވެ.

އަހްތަރު ރޭ ވަނީ އަމިއްލަ އަށް މަރުވާން މަސައްކަތް ކޮށްފަ އެވެ. ރެއިން ފެށިގެން އޭނާ އޮތީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ. ފަރުވާ ދިނީ ވެންޓިލޭޓަރުގަ އެވެ. އޭނާ ދަންޖެހުނީ ދޫނިދޫ ކަސްޓޯޑިއަލް ގަ އެވެ.

ފުލުހުން ހަވީރު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އައިޖީއެމްއެޗް ގައި ފަރުވާ ދެނިކޮށް އަތުހަރު މަރުވެފައިވާ ކަމަށެވެ. މަރުވީ ހަވީރު 4:08 ގަ އެވެ. އަދި ބުނީ އޭނާ ނިޔާވި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ފުލުހުން ހިންގާ އެ ތަހުގީގަށް އޭނާގެ އޮޓޮޕްސީ ހެދުމަށް ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ އޮޓޮޕްސީ ހެދުމުގެ ބޭނުމަކީ ކޭސް އޮފް ޑެޓް ދެނެގަތުމާއި މަރުވުމުގައި އެހެން އިތުރު ސަބަބެއް ނެތްކަން ޔަގީން ކުރުން ކަމަށެވެ. މި މައްސަލަ އެޗްއާރުސީއެމާއި އެންއައިސީ އިން ވެސް ދަނީ ބަލަމުންނެވެ.

ފުލުހުން ވީޑިއޯ ދައްކާފައި މިވަނީ ދަންޖެހުނު ގޮތާމެދު ގިނަ ބަޔަކު ސުވާލު ކުރަމުން ދަނިކޮށެވެ. އަދި އޭނާގެ އާއިލާ އިން އަތްހަރު ދަންޖެހިފައިވާ ކަމުގެ އެއްވެސް ނިޝާނެއް ނެތް ކަމަށް ބުނެފައިވަނިކޮށެވެ. އޭނާގެ ބޭބެ ބުނީ ދެ ފަހަރު އަތުހަރުގެ ހަށިގަނޑު ފެނުނު ކަމަށެވެ. އޭރު މަރުވުމުގެ ކުރީން އަދި މަރުވި ފަހުންނެވެ. ފަހުން ފެނުނީ މަރުވެގެން ހަށިގަނޑު ސާފު ވެސް ކޮށްފައިވަނިކޮށް ކަމަށާ ކަރުގައި އެފަދަ ނިޝާނެއް ނެތް ކަމަށެވެ.

ފުލުހުން މިހާތަނަށް އެ ވީޑިއޯ އާންމުކޮށްފައި ނުވަނީ އެއީ އާންމުކުރަން އެކަށީގެން ނުވާ މަންޒަރުތައް ހިމެނޭ ވީޑިއޯއަކަށް ވާތީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.