އަތުހަރު ދަންޖެހުނު ހާދިސާގެ ތަފްސީލު މިރޭ ހާމަ ކުރަނީ، ލައިވެއް ނުކުރާނެ

ބެލެވެނީ މައްސަލައާ ގުޅޭ ވަރަށް ހައްސާސް މައުލޫމާތުތަކެއް ހާމަ ކުރަނީ ހެނެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރާ -- މިރާ

އަންހެނަކު ރަހީނުކޮށް ވަޅީން ބިރުދައްކާ މަރާލާނެ ކަމުގެ އިންޒާރު ދިން މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ށ. މިލަންދޫ، ހެޕީލޭންޑް، އާދަމް އަތުހަރު، މަރުވި މައްސަލައިގެ ތަފްސީލް މިރޭ ނޫސްވެރީންނާއި ހިއްސާ ކުރަން ނިންމައިފި އެވެޒ

އަހްތަރު ރޭ ވަނީ އަމިއްލަ އަށް މަރުވާން މަސައްކަތް ކޮށްފަ އެވެ. އޭނާ ދަންޖެހުނީ ދޫނިދޫ ކަސްޓޯޑިއަލް ގަ އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އައިޖީއެމްއެޗް ގައި ފަރުވާ ދެނިކޮށް އަތުހަރު މަރުވެފައިވާ ކަމަށެވެ. މަރުވީ ހަވީރު 4:08 ގަ އެވެ. އަދި ބުނީ އޭނާ ނިޔާވި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ފުލުހުން ހިންގާ އެ ތަހުގީގަށް އޭނާގެ އޮޓޮޕްސީ ހެދުމަށް ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ އޮޓޮޕްސީ ހެދުމުގެ ބޭނުމަކީ ކޭސް އޮފް ޑެޓް ދެނެގަތުމާއި މަރުވުމުގައި އެހެން އިތުރު ސަބަބެއް ނެތްކަން ޔަގީން ކުރުމަށް ކަމަށެވެ.

ފުލުހުންގެ ބަންދުގައި ހުއްޓާ އަތުހަރު ދަންޖެހުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ދަންޖެހުނީ ކޮންއެއްޗެއް ބޭނުން ކޮށްގެން ކަމެއް ފުލުހުން ނުބުނެ އެވެ.

ފުލުހުން މިހާރު ވަނީ މިރޭ ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވަން ނިންމާފަ އެވެ. މިއީ ހޯމް މިނިސްޓްރީއާ ފުލުހުން ގުޅިގެން ބާއްވާ ބައްދަލްވުމެކެވެ. ހޯމް މިނިސްޓްރީން ބުނި ގޮތުގައި ބައްދަލްވުން ލައިވެއް ނުކުރާނެ އެވެ. 

އެހެން ކަމުން ބެލެވެނީ މައްސަލައާ ގުޅޭ ވަރަށް ހައްސާސް މައުލޫމާތުތަކެއް ހާމަ ކުރަނީ ހެނެވެ. ބައްދަލްވުން އޮތީ 10 ޖަހާއިރު އިސްކަންދަރު ކޮށީގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.