އަތުހަރު މަރުވެއްޖެ، ތަހުގީގަށް އޮޓޮޕްސީ ހަދަނީ

ފުލުހުން ބުނީ އޭނާ ނިޔާވި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ފުލުހުން ހިންގާ އެ ތަހުގީގަށް އޭނާގެ އޮޓޮޕްސީ ހެދުމަށް ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.

ށ. މިލަންދޫ، ހެޕީލޭންޑް، އާދަމް އަހްތަރު
  •  އަންހެނަކު ރަހީނުކުރީ ބުރާސްފަތި ދުވަހުގެ ރޭ
  •  އެއީ ލޯބީގެ ގޮތުން ގުޅުން އޮތް ދެ މީހުން
  •  ދަންޖެހުނީ ދޫނިދޫ ކަސްޓޯޑިއަލް ގައި
  •  ފަރުވާ ދޭން ގެނައި ރޭ 7:25
  •  މަރުވީ ވެންޓިލޭޓަރުގައި ފަރުވާ ދެނިކޮށް ހަވީރު 4:08 ގައި

އަންހެނަކު ރަހީނުކޮށް ވަޅީން ބިރުދައްކާ މަރާލާނެ ކަމުގެ އިންޒާރު ދިން މައްސަލާގެ ތުހުމަތުގައި ހައްޔަރު ކުރި ށ. މިލަންދޫ، ހެޕީލޭންޑް، އާދަމް އަތުހަރު، މަރުވެއްޖެ އެވެ.

އަހްތަރު ރޭ ވަނީ އަމިއްލަ އަށް މަރުވާން މަސައްކަތް ކޮށްފަ އެވެ. ރެއިން ފެށިގެން އޭނާ އޮތީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ. ފަރުވާ ދިނީ ވެންޓިލޭޓަރުގަ އެވެ.

އޭނާ ދަންޖެހުނީ ދޫނިދޫ ކަސްޓޯޑިއަލް ގަ އެވެ.

ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އައިޖީއެމްއެޗް ގައި ފަރުވާ ދެނިކޮށް އަތުހަރު މަރުވެފައިވާ ކަމަށެވެ. މަރުވީ ހަވީރު 4:08 ގަ އެވެ.

އަދި ބުނީ އޭނާ ނިޔާވި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ފުލުހުން ހިންގާ އެ ތަހުގީގަށް އޭނާގެ އޮޓޮޕްސީ ހެދުމަށް ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ އޮޓޮޕްސީ ހެދުމުގެ ބޭނުމަކީ ކޭސް އޮފް ޑެޓް ދެނެގަތުމާއި މަރުވުމުގައި އެހެން އިތުރު ސަބަބެއް ނެތްކަން ޔަގީން ކުރުން ކަމަށެވެ.

މި މައްސަލަ އެޗްއާރުސީއެމާއި އެންއައިސީ އިން ވެސް ދަނީ ބަލަމުންނެވެ. 

ދަންޖެހުނު ގޮތެއް ނުބުނޭ

ފުލުހުންގެ ބަންދުގައި ހުއްޓާ އަތުހަރު ދަންޖެހުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ދަންޖެހުނީ ކޮންއެއްޗެއް ބޭނުން ކޮށްގެން ކަމެއް ފުލުހުން ނުބުނެ އެވެ. މީގެ ކުރީން ވެސް ފުލުހުންގެ ބެލުމުގައި ހުރި މީހަކު ދަންޖެހި މަރުވި އެވެ. އެއީ ވެސް މީހެއްގެ މަރުގައި ޝާމިލްވެ ތުހުމަތުވެ ބަންދުގައި ހުރި މީހެކެވެ.

އެ ސުވާލުތަކާއި ގުޅިގެން ފުލުހުން މިއަދު ވަނީ ޓައިމްލައިނެއް އާންމުކޮށްފަ އެވެ. އޭގައި ދަންޖެހިފައި ހުއްޓާ ފެނުނު ވަގުތާއި ގޮޅިއަށް އެޓެންޑްވެވުނު ވަގުތާއި މާލެ ގެނެވުނު ވަގުތު އަދި ހޮސްޕިޓަލަށް ގެންދެވުނު ވަގުތު ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް އަދިވެސް ދަންޖެހުނު ގޮތެއް ބުނެއެއް ނުދެ އެވެ.

އެކަން ހާމަ ކުރުން ފަސްކުރާ ސަބަބެއް ވެސް ނުބުނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.