ބިދޭސީން ހިންގާ "ފޯއް" ފެކްޓްރީއެއް ހުޓުވައި ދެ މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

މި ރެއިޑުގައި ބަލައި ފާސްކުރި ދެވަނަ ތަނުގައި ޑެލިވެރީއަށް ކާބޯތަކެތި ތައްޔާރު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

ބިދޭސީން ހިންގާ "ފޯއް" ފެކްޓްރީއެއް އިމިގްރޭޝަނުން ވަނީ ހުޓުވާފައި

ބިދޭސީންގެ ނެޓްވޯކަކުން ހިންގާ "ފޯއް" ފެކްޓްރީއެއް ހުޓުވައި ދެ މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ދިވެހިން އާންމުކޮށް ދުފުމުގައި ބޭނުންކުރާ ތަކެތި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ގުރޫޕަކުން ވިޔަފާރިއަށް ތައްޔާރުކުރަމުންދާ ކަމަށް "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، އިއްޔެ ދެ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މި ރެއިޑުގައި ބަލައި ފާސްކުރި ދެވަނަ ތަނުގައި ޑެލިވެރީއަށް ކާބޯތަކެތި ތައްޔާރު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

އަދި ކަމާގުޅުން ހުރި އިދާރާތަކުގެ އެހީތެރިކަމާއެކު މިތަނުގައި ކުރަމުން ދިއަ ވިޔަފާރި ހުއްޓުވުމަށް ނޯޓިސް ދީފައިވާ ކަމަށް ބުންޏެވެ. މި ރެއިޑުގައި ދެ ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ އެ މީހުންގެ ވިޔަފާރިތައް ހުއްޓުވުމަށް އިމިގްރޭޝަނުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ތެރޭގައި ވަރަށް ބޮޑު އިސްކަމެއް ދީގެން އެ މީހުން ހިންގާ ކާބޯތަކެތީގެ ވިޔަފާރި ދަނީ ހުއްޓުވަމުންނެވެ. އެ މީހުން ކާބޯތަކެތި ތައްޔާރު ކުރަނީ ވަަރަށް މުޑުދާރު ތަންތަނުގަ އެވެ. ސާފުތާހިރު ކަމުގެ އެއްވެސް މިންގަނޑަކަށް ނުފެތޭހާ މުޑުދާރު ކޮށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.