އަތުހަރު ދަންޖެހުނު ފްޓޭޖު ނެތް ކަމަަށް ބުނާ ވާހަކަ އަކީ ދޮގެއް

ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

ފުލުހުން އާންމުކޮށްފައިވާ ޓައިމްލައިން

އަންހެނަކު ރަހީނުކޮށް ވަޅީން ބިރުދައްކާ މަރާލާނެ ކަމުގެ އިންޒާރު ދިން މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ށ. މިލަންދޫ، ހެޕީލޭންޑް، އާދަމް އަތުހަރު، ދަން ޖެހި އަމިއްލައަށް މަރުވާން މަސައްކަތް ކުރިއިރު ގޮޅީގެ މަންޒަރު ފެންނަ ސީސީޓީވީ ފްޓޭޖް ފުލުހުންގެ އަތުގައި ނެތް ކަމަށް ބުނެ ދައްކަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމށް ބުނެފި އެވެ.

އަހްތަރު ރޭ ވަނީ އަމިއްލަ އަށް މަރުވާން މަސައްކަތް ކޮށްފަ އެވެ. މިހާރު އޭނާ އޮތީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ. ފަރުވާ ދެނީ ވެންޓިލޭޓަރުގަ އެވެ.

އޭނާ ދަންޖެހުނީ ދޫނިދޫ ކަސްޓޯޑިއަލް ގަ އެވެ.

އެކަމާ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ދަންޖެހުނީ ކޮންއެއްޗެއް ބޭނުން ކޮށްގެން ކަމެއް ފުލުހުން ނުބުނެ އެވެ. މީގެ ކުރީން ވެސް ފުލުހުންގެ ބެލުމުގައި ހުރި މީހަކު ދަންޖެހި މަރުވި އެވެ. އެއީ ވެސް މީހެއްގެ މަރުގައި ޝާމިލްވެ ތުހުމަތުވެ ބަންދުގައި ހުރި މީހެކެވެ.

އެ ސުވާލުތަކާއި ގުޅިގެން ފުލުހުން މިއަދު ވަނީ ޓައިމްލައިނެއް އާންމުކޮށްފަ އެވެ. އޭގައި ދަންޖެހިފައި ހުއްޓާ ފެނުނު ވަގުތާއި ގޮޅިއަށް އެޓެންޑްވެވުނު ވަގުތާއި މާލެ ގެނެވުނު ވަގުތު އަދި ހޮސްޕިޓަލަށް ގެންދެވުނު ވަގުތު ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް އަދިވެސް ދަންޖެހުނު ގޮތެއް ބުނެއެއް ނުދެ އެވެ.

ބަޔަކު ދަނީ އަތުހަރު، ދަން ޖެހި އަމިއްލައަށް މަރުވާން މަސައްކަތް ކުރިއިރު ގޮޅީގެ މަންޒަރު ފެންނަ ސީސީޓީވީ ފްޓޭޖް ފުލުހުންގެ އަތުގައި ނެތް ކަމަށް ބުނެ ވާހަކަ ދައްކަމުންނެވެ.

ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.