ވަޒީރުންގެ މަޖިލީހަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހުށަހެޅުއްވި ކަރުދާހާ އެއްގޮތަށް، ރައީސް ވަނީ ވަކި ތާރީހުތަކަކަށް ބަހާލައިގެން ބައެއް ކުންފުނިތައް އެއްކޮށްލަން ނިންމަވާފަ އެވެ.
ސަރުކާރު ކުންފުނިތައް އެއްކޮލައިގެން ހިންގަން ފަށަން ތައްޔާރުވަމުންދާއިރު، މި މަސައްކަތް ތަންފީޒު ކުރަމުން ގެންދާނީ ތާރީހުތަކަށް ބަހާލައިގެން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
މި ސަރުކާރުގެ އިގްތިސޯދީ ރިފޯމް އެޖެންޑާގައިވާ ކަންކަން ހާސިލުކުރުމަށްޓަކައި އެއްގޮތް މަސައްކަތްތަކެއްކުރާ ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކޮށްލުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ. އެގޮތަށް ނިންމާފައިވާކަން އިއުލާނުކޮށްފައި ވަނީ އިއްޔެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ވަޒީރުންގެ މަޖިލީހަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހުށަހެޅުއްވި ކަރުދާހާ އެއްގޮތަށް، ރައީސް ވަނީ ވަކި ތާރީހުތަކަކަށް ބަހާލައިގެން ބައެއް ކުންފުނިތައް އެއްކޮށްލަން ނިންމަވާފަ އެވެ. އެއީ؛
ވަޒީރުންގެ މަޖިލީހުން ނިންމާފައި ވަނީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަންގެ ސައްތައިން ސައްތަ ހިއްސާވާ ސަބްސިޑަރީ ކުންފުންޏަކަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ބަދަލު ކުރުމަށެވެ.
އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ) އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އެއްކޮށްލުމުގެ މަސައްކަތް މި ވަގުތު ކުރިއަށް ނުގެންދެވުމަށް ރައީސް ވަނީ ނިންމަވާފައެވެ. އަދި އިންޓަގްރޭޓެޑް ޓޫރިޒަމާ ގުޅޭ މަސައްކަތް ކުރުމަށް ސަރުކާރުން އުފައްދަވާފައިވާ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއައިޓީޑީސީ) އުވާލުމަށްފަހު، އެ ކުންފުނީގެ މަޝްރޫއުތަކާއި މަސައްކަތްތައް، އެމްއެފްއެމްސީގެ މެންޑޭޓަށް ގެނެވޭ ބަދަލުގެ ތެރެއިން އެ ކުންފުންޏާ ހަވާލުކުރުމަށް ވެސް ނިންމާފަ އެވެ.
މީގެއިތުރުން އޯޝަން ކަނެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އޯސީއެމް) އިން ކުރިއަށް ގެންދާ މަޝްރޫއުތައް މިހާރެކޭވެސް އެއްގޮތަށް ކުރިއަށް ގެންދިއުމަށާއި، ދަނޑުވެރިކަމާ ގުޅޭ މަސައްކަތްތައް ކުރުމަށް އުފައްދާފައިވާ އެގްރޯނެޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް އުވާލުމަށްފަހު، އެ ކުންފުނީގެ މަސައްކަތްތައް، އެގްރިކަލްޗާ އިކޮނޮމިކް ޒޯނާ ގުޅޭ މަސައްކަތްކުރާ ކުންފުނި ކަމުގައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ ހަވާލުކުރެއްވުމަށް ވެސް ވަނީ ނިންމާފަ އެވެ.