އިންވެސްޓަރުންނަށް ރެޒިޑެންސީ ދޭ ޕްރޮގުރާމް ތައާރަފް ކޮށްފި

ރައީސްގެ މި ނިންމެވުމާ ގުޅިގެން އިގްތިސޯދު ސިންދަފާތުކުރުމަށް ރިއަލް އެސްޓޭޓް ސިނާއަތް ކުރިއެރުވުމަށްޓަކައި، ވިޔަފާރި ހަރަކާތެއްގެ ގޮތުގައި ޕާލް ވިސާ ޕްރޮގްރާމް ކުރިއަށް ގެންދެވުމަށްވަނީ ހަމަޖައްސަވާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު --

އިގްތިސޯދު ޑައިވާސިފައި ނުވަތަ ސިންދަފާތުކުރުމަށް، ވަޒީރުންގެ މަޖިލީހުން މަޝްވަރާކޮށްފައިވާ "އިންވެސްޓާ ރެސިޑަންސީ" ޕްރޮގްރާމު ތައާރުފުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް މިގޮތަށް ނިންމެވީ މި މަޝްރޫއު އިތުރަށް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގަ އެވެ.

ރައީސްގެ މި ނިންމެވުމާ ގުޅިގެން އިގްތިސޯދު ސިންދަފާތުކުރުމަށް ރިއަލް އެސްޓޭޓް ސިނާއަތް ކުރިއެރުވުމަށްޓަކައި، ވިޔަފާރި ހަރަކާތެއްގެ ގޮތުގައި ޕާލް ވިސާ ޕްރޮގްރާމް ކުރިއަށް ގެންދެވުމަށްވަނީ ހަމަޖައްސަވާފަ އެވެ. 

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމާ ގުޅޭ ކަންކަން ކުރިއަށް ގެންދާނީ ފޮރިން މިނިސްޓަރާއި، ހޯމްލޭންޑް މިނިސްޓަރާއި، އިކޮނޮމިކް މިނިސްޓަރާއި، ޓޫރިޒަމް މިނިސްޓަރާއި، ހައުސިން މިނިސްޓަރު އަދި އެޓާނީ ޖެނެރަލް ހިމެނިވަޑައިގަންނަވާ ކޮމެޓީއަކުން ކަމަށް ވެސް ރައީސް ވަނީ ނިންމަވާފަ އެވެ.

އިންވެސްޓާ ރެޒިޑެންސީއަކީ ކޮބާ؟

އިންވެސްޓާ ރެޒިޑެންސީއަކީ ވަކި މުއްދަތަކަށް ކަނޑައެޅިފައިވާ އަދަދަކަށް ފައިސާ ގައުމެއްގައި އިންވެސްޓުކުރުމުން ރެޒިޑެންސީ ވިސާއެއް ދިނުމެވެ. ރެޒިޑެންސީ ވިސާއަކީ އެ ގައުމެއްގައި ވަޒަންވެރިވެގެން އުޅުމަށް ދޫކުރާ ދިގު މުއްދަތުގެ ވިސާއެކެވެ.

އެކުވެރި އަރަބި އިމާރާތުގައި ދެ މިލިއަން ދިރުހަމާ އެއް އަދަދަށް ހަ މަސްދުވަހުގެ މުއްދަތަކަށް އިންވެސްޓުކުރުމުން ދިހަ އަހަރު ދުވަހުގެ ރެޒިޑެންސީ ވިސާ ލިބެ އެވެ. އޭގެ އިތުރަށް ޓެކުސް ދެއްކުމުގައި ލިބޭ ލުއިތަކާއި އެ ގައުމުގައި ދިރިއުޅުމަށް ލިބޭ ފަސޭހަތަކެއްވެސް އެ ޕްރޮގުރާމުގެ ދަށުން އިންވެސްޓަރުންނަށް ލިބެ އެވެ.

އިންވެސްޓާ ރެޒިޑެންސީ ޕްރޮގުރާމުތަކަކީ ދުނިޔޭގެ ތަރައްގީވެފައިވާ ގިނަ ގައުމުތަކެއްގައި ހިންގަމުންދާ ޕްރޮގުރާމުތަކެކެވެ. އެގޮތުން ޔޫރަޕުގެ ގިނަ ގަައުމުތަކާއި އޭޝިޔާގެ ތަރައްގީވެފައިވާ ގައުމުތަކުގައި މި ޕްރޮގުރާމު އަންނަނީ ތަންފީޒުކުރަމުންނެވެ. އޭގެ ތެރޭގައި މޮލްޓާއާއި މޮނާކޯއާއި ހޮންކޮންގު ފަދަ ކުދި ގައުމުތައްވެސް ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.