ފިލަން ކުޅުދުއްފުއްޓަށް ދިޔަ ބިދޭސީން އަތުލައިގަނެ، ނޯޓިސް ދީފި

އެގޮތުން، އެ ބޯޓުން ދަތުރުކުރި ނުވަ ބިދޭސީން ގަވާއިދާ ހިލާފަށް ތިބިކަން ފާހަގަވެފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ. އެ ނުވަ ބިދޭސީންނަށް ނޯޓިސް ދީ އަދި ބޯޓުގެ ކެޕްޓަން އިމިގްރޭޝަނަށް ހާޒިރުވުމަށް ނަސޭހަތްތެރިވެފައިވާ ކަމަށް ވެސް ބުންޏެވެ.

ކުޅުއްދުއްފުއްޓަށް ދިޔަ ބޯޓުގައި ތިބި ބިދޭސީން ހޯދުމަށް އިމިގްރޭޝަނުގެ އޮފިސަރުން ހަރަކާތްތެރިވަނީ -- ފޮޓޯ: އިމިގްރޭޝަން

މޯލްޑިވްސް އިމިގްރޭޝަނަށް ފިލަން ކުޅުދުއްފުށި ސިޓީއަށް ދިޔަ ބިދޭސީންތަކެއް އަތުލައިގަނެ، އެމީހުންނަށް ނޯޓިސް ދީފި އެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މާލެ ދޫކޮށް ރާއްޖޭގެ އެކި ރަށްރަށަށް ދާކަމުގެ ރިޕޯޓު ލިބެމުންދިއުމާ ގުޅިގެން، އިއްޔެ ލިބުނު މައުލޫމާތަކާއެކު ކުޅުދުއްފުއްޓަށް ދިޔަ ބޯޓެއްގައި ތިބި ބިދޭސީންތަކެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން، އެ ބޯޓުން ދަތުރުކުރި ނުވަ ބިދޭސީން ގަވާއިދާ ހިލާފަށް ތިބިކަން ފާހަގަވެފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ. އެ ނުވަ ބިދޭސީންނަށް ނޯޓިސް ދީ އަދި ބޯޓުގެ ކެޕްޓަން އިމިގްރޭޝަނަށް ހާޒިރުވުމަށް ނަސޭހަތްތެރިވެފައިވާ ކަމަށް ވެސް ބުންޏެވެ.

އިމިގްރޭޝަނުން ބުނީ އެ އެންގުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އެމީހުންނަށް އަންގާފައިވާ ކަމަށެވެ.

މި މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލް، ޕޮލިސް އަދި އިމިގްރޭޝަން ގުޅިގެންނެވެ.

އިމިގްރޭޝަނުން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ. މި އޮޕްރޭޝަނުގެ ތެރެއިން މިހާތަނަށް ގަވާއިދާ ހިލާފަށް އުޅޭ ގިނަ ބިދޭސީން ވަނީ އަތުލައިގެންފަ އެވެ. އިމިގްރޭޝަނަށް ފިލަން ބިދޭސީން މަސައްކަތް ކުރާ މައްސަލަ ވެސް އޮތީ ބޮޑުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.