މިދިޔަ މަހު ޓޫރިޒަމަށް 13 ޕަސެންޓަށްވުރެ ބޮޑު ކުރިއެރުމެއް

މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން 197,326 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.

މި އަހަރުގެ އެއް މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔަން ޓޫރިޒަމް މިނިސްޓަރު ފައިސަލް

މިދިޔަ އޮގަސްޓް މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު 13 ޕަސެންޓަށްވުރެ ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް 172,000 އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރު ރާއްޖެއަށް 151,589 ޓޫރިސްޓުން އައިސްފައިވެ އެވެ. އެހެންވެ މިދިޔަ މަހު 13 ޕަސެންޓަށްވުރެ ބޮޑު ކުރިއެރުމެއް ހޯދާފައިވެ އެވެ. 

ޓޫރިސްޓުން އައި އަދަދު

  • 1.ޗައިނާ - 197,326
  • 2.ރަޝިއާ - 146,243
  • 3.ޔޫކޭ - 117,080
  • 4.އިޓަލީ - 100,874
  • 5.ޖަރުމަނުވިލާތް - 95,686

މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން އައިސްފައިވަނީ ޗައިނާ މީހުންނެވެ. އެ ގައުމުން ޖުމްލަ 197,326 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ދެވަނާގައި އޮތީ ރަޝިއާ އެވެ. އެ ގައުމުން 146,243 މީހުން ރާއްޖެއަށް މިހާތަނަށް ޒިޔާރަތް ކުރި އެވެ. 

2024 ޓޫރިޒަމް - މި އަހަރު ރާއްޖެ އަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.8 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. އަދި އޭގެ ކުރީ އަހަރު 1.6 މިލިއަން މީހުން ޒިޔާރަތް ކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.