އަތުހަރު އަމިއްލައަށް މަރުވާން އުޅެފި، ހާލު ވަރަށް ދެރަ

ތަރުޖަމާން އަހްމަދު ޝިފާން ދެންމެ ވިދާޅުވީ އަތުހަރު ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އަމިއްލަ އަށް މަރުވާން މަސައްކަތް ކުރުމުން ކަމަށެވެ.

ށ. މިލަންދޫ، ހެޕީލޭންޑް، އާދަމް އަހްތަރު

އަންހެނަކު ރަހީނުކޮށް ވަޅީން ބިރުދައްކާ މަރާލާނެ ކަމުގެ އިންޒާރު ދިން މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ށ. މިލަންދޫ، ހެޕީލޭންޑް، އާދަމް އަތުހަރު، އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.

އަތުހަރު އަމިއްލައަށް މަރުވެއްޖެ ކަމަށް ބުނެ ބައެއް ނޫސްތަކުން ދަނީ ރިޕޯޓް ކުރަމުންނެވެ.

ނަމަވެސް ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ދެންމެ ވިދާޅުވީ އަތުހަރު ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އަމިއްލަ އަށް މަރުވާން މަސައްކަތް ކުރުމުން ކަމަށެވެ. ޝިފާން ވިދާޅުވީ އަހްތަރު މަރުނުވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

ނަމަވެސް އޭނާގެ ހާލު ވަރަށް ދެރަ ކަމަށް އެނގިފައިވެ އެވެ.

އަތުހަރުގެ ކިބައިން އޭނާ ރަހީނުކުރި އަންހެން މީހާ ސަލާމަތް ކުރަން ޖެހުނީ ބާރުގެ ބޭނުންކޮށްގެނެވެ. ފުލުހުން ތަކުރާރުކޮށް ނަސޭހަތްތެރިވުމުން ވެސް އަތުހަރު އިހްތިޔާރު ކުރީ އަންހެން މީހާ ދޫކޮށްލުމުގެ ބަދަލުގައި އޭނާއާއެކު އެ ސަރަހައްދުން ދިއުމަށެވެ. އަދި ފުލުހުންނަށް އިންޒާރުދިނީ ކައިރިވެއްޖެނަމަ އަންހެން މީހާގެ ކަރަށް ވަޅި ޖަހާ މަރާލާނެ ކަމަށެވެ.

ފުލުހުންގެ ހާއްސަ ޓީމަކުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ފުލުހަކު ވަނީ ކުއްލި ހަމަލާއެއްދީ އަހްތަރުގެ ކިބައިން އަންހެން މީހާ ސަލާމަތް ކޮށްފަ އެވެ. އަތުހަރަށް ހަމަލާ ދިނީ މުގުރުންނެވެ. އެކަމާ ގުޅިގެން އޭނާ އަށް ފަރުވާން ވެސް ދޭން ޖެހުނެވެ.

އާއިލާ އިން ބުނާ ގޮތުން އަތުހަރަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. ނަމަވެސް މެޑިކަލް ރިޕޯޓްތަކުގެ އަލީގައި ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުނީ އަހްތަރަށް ބޮޑު އަނިޔާއެއް ނުވާ ކަމަށެވެ.

އޭނާ މަރުވާން މަސައްކަތް ކުރީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ވަނިކޮށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.