ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: ކާރު ދުއްވަން އިން މީހާ މިނިވަން ވެއްޖެ

ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ކުރިއަށް ގެންގޮސްފައި ވަނީ ހައްގުތައް ނުދީ ކަމަށެވެ. އެހެން ކަމުން އެ ނިންމުން ވަނީ ބާތިލުކޮށްފަ އެވެ.

އެކްސިޑެންޓްވިއިރު ރޭސް ކާރުގައި ތިބި މީހުން: ކާރު ދުއްވަން އިން މީހާ ވަނީ މިނިވަންވެފައި

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ޖުލައި ފަހު ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން ކާރު ދުއްވަން އިން މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކުރި އަމުރުކުރި ބާތިލުކޮށްފި އެވެ.

ހުޅުމާލެ ހިޔާ އަވަށް -- ވިނަރަސް ފްލެޓް ސަރަހައްދު ގައި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި އައި ރޭސް ކާރެއް ކޮންޓްރޯލް ނުވެ އެވެ. އެނބުރެމުން އެނބުރެމުން އައި ރަތްކުލައިގެ އެ ކާރުން ޖެހުނީ އެވަގުތު މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގަ އެވެ.

އެކްސިޑެންޓްގައި އެމީހާ ވަރަށް ދުރަަށް ވިއްސައިގެންދިޔަ އެވެ. އޭނާ އިން ސައިކަލަށް ވެސް ބޮޑެތި ގެއްލުންވި އެވެ. އިހުމާލުން އަދި އެފަދަ ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުން ވެސް ކާރުގައި ތިބި މީހުން ވަނީ ކާރުދޫކޮށް ފިލާފަ އެވެ. މި މައްސަލައިގައި ކާރުގައި ތިބި ތިން މީހުން ހޯދުމަށްފަހު އެރޭ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އެއީ، މ. ލޭންޑްއޮފްގާޑްން، އިބްރާހިމް އިކްރާމާއި ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހުމާނާއި ގއ. ކަނޑުހުޅުދޫ އާޒާދު، ޖިނާހު އިސްމާއީލެވެ.

އެ ތިން މީހުންގެ ތެރެއިން އިކްރާމާއި އިކްރާމުއްރަހުމާނުގެ ބަންދާމެދު ގޮތެއް ނިންމަން ގެންދިޔައީ ކްރިމިނަލް ކޯޓަށެވެ. އެ ކޯޓުން ވަނީ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ. ޖިނާހު ގެންދިޔައީ ހުޅުމާލެ ކޯޓަށެވެ. އެކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފަ އެވެ.

ނަމަވެސް ބަންދުގެ މުއްދަތު ޖަހާފައިވަނީ ގާނޫނީ ވަކީލެއް ނެތި ކަމަށް ބުނެ އިކްރާމް ވަނީ މައްސަލަ ހައިކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ކުރިއަށް ގެންގޮސްފައި ވަނީ ހައްގުތައް ނުދީ ކަމަށެވެ. އެހެން ކަމުން އެ ނިންމުން ވަނީ ބާތިލުކޮށްފަ އެވެ. އެ ނިންމުމާ އެކު އިކްރާމް ވަނީ މިނިވަންވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.