ސަރުކާރުން ވަނީ ފެނަކަ އާއި އެސްޓީއޯ އަދި އާރުސީއެލްއާއި އެމްއޭސީއެލް އެއްކޮށްލުމުގެ އިތުރުން އެޗްޑީސީ އާއި އެފްޑީސީ ވެސް އެއްކޮށްލަން ނިންމާފަ އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި ރީޖަނަލް އެއާޕޯޓްސް ކުންފުނި (އާރުއޭސީއެލް) އެއްކޮށްލުމުން ހުންނާނީ އެންމެ މެނޭޖިން ޑިރެކްޓަރެއް ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުން ހިންގާ މާލީ އިސްލާހީ އެޖެންޑާގެ ދަށުން ކުންފުނިތައް ހިންގުން ހަރުދަނާ ކުރަން އަޅާ ފިޔަވަޅެއްގެ ދަށުން އާރުއޭސީއެލް އާއި އެމްއޭސީއެލް އެއްކޮށްލަން ނިންމި ނިންމުމުގެ މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ މާޖުކުރުމުން އެމްއޭސީއެލް އާއި އާރްސީއެލް ހިންގާނީ އެއް މެނޭޖްމެންޓެއްގެ ދަށުންނެވެ. އަދި އެ ކުންފުނީގައި ހުންނާނީ އެއް މެނޭޖިން ޑިރެކްޓަރެކެވެ.
ސަރުކާރުން ވަނީ ދިރާސާތަކެއް ކުރުމަށްފަހު އަޅާ ބޮޑު މި ފިޔަވަޅަށް އަމަލު ކުރަން ފަށަން އަންނަ އަހަރުގެ ޖެނުއަރީ 31 ވަނަ ދުވަސް ކަމަށް ނިންމާފަ އެވެ.
ސަރުކާރުން ވަނީ ހަތަރު ކުންފުންޏެއް އެއްކޮށްލަން ނިންމާފަ އެވެ. އެގޮތުން ފެނަކަ އާއި އެސްޓީއޯ އެއްކޮށްލާއިރު އެމްއޭސީއެލް އާއި އާރްސީއެލް އަދި އެޗްޑީސީގެ ދަށަށް ފަހިދިރިއުޅުން ކޯޕަރޭޝަން ވެސް އެއްކޮށްލަން ނިންމާފަ އެވެ.