އިންވެސްޓަރުންނަށް ރެޒިޑެންސީ ދޭ ޕްރޮގުރާމެއް ތައާރަފު ކުރަނީ

މިއީ ދުނިޔޭގެ އެކި ގައުމުގައި ވަރަށް ބޮޑަށް ފުޅާވެފައި އޮތް ވިޔަފާރިއެއް ކަމަށާ އިންވެސްޓަރުންނަށް ރެޒިޑެންސީ ދިނުމަށް ނިންމީ ރާއްޖޭގައި ވެސް އެ މާކެޓް ފުޅާ ކުރުމަށް ކަމަށެވެ.

ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ

އިންވެސްޓަރުންނަށް ރެޒިޑެންސީ ލިބިދޭ ޕްރޮގުރާމެއް ތައާރަފުކުރުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކޮށްފި އެވެ.

މިއަދުގެ މަޝްވަރާތަކާ ގުޅޭގޮތުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މިއީ ދުނިޔޭގެ އެކި ގައުމުގައި ވަރަށް ބޮޑަށް ފުޅާވެފައި އޮތް ވިޔަފާރިއެއް ކަމަށާ އިންވެސްޓަރުންނަށް ރެޒިޑެންސީ ދިނުމަށް ނިންމީ ރާއްޖޭގައި ވެސް އެ މާކެޓް ފުޅާ ކުރުމަށް ކަމަށެވެ.

އެފަދަ ފުރުސަތަށް އެދި މިހާރުވެސް ބައެއް ރިސޯޓްތަކުގައި އިންވެސްޓްކޮށްފައިވާ ކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. ނަމަވެސް އެ ޕްރަގްރާމްގެ މާބޮޑު އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ސަރުކާރުން މިކަން ކުރާނީ އެންމެ މަތީ ފަންތީގެ ލަގްޒަރީ ރެޒިޑެންސީ މާކެޓުކޮށްދޭ ބަޔަކާ އެކު ކަމަށެވެ. އަންނަ އަހަރުގެ ފެބްރުއަރީގައި އެ ޕްރަގްރާމް ފަށަން ވަނީ ނިންމާފަ އެވެ.

އިންވެސްޓާ ރެޒިޑެންސީއަކީ ކޮބާ؟

އިންވެސްޓާ ރެޒިޑެންސީއަކީ ވަކި މުއްދަތަކަށް ކަނޑައެޅިފައިވާ އަދަދަކަށް ފައިސާ ގައުމެއްގައި އިންވެސްޓުކުރުމުން ރެޒިޑެންސީ ވިސާއެއް ދިނުމެވެ. ރެޒިޑެންސީ ވިސާއަކީ އެ ގައުމެއްގައި ވަޒަންވެރިވެގެން އުޅުމަށް ދޫކުރާ ދިގު މުއްދަތުގެ ވިސާއެކެވެ.  

އެކުވެރި އަރަބި އިމާރާތުގައި ދެ މިލިއަން ދިރުހަމާ އެއް އަދަދަށް ހަ މަސްދުވަހުގެ މުއްދަތަކަށް އިންވެސްޓުކުރުމުން ދިހަ އަހަރު ދުވަހުގެ ރެޒިޑެންސީ ވިސާ ލިބެ އެވެ. އޭގެ އިތުރަށް ޓެކުސް ދެއްކުމުގައި ލިބޭ ލުއިތަކާއި އެ ގައުމުގައި ދިރިއުޅުމަށް ލިބޭ ފަސޭހަތަކެއްވެސް އެ ޕްރޮގުރާމުގެ ދަށުން އިންވެސްޓަރުންނަށް ލިބެ އެވެ.  

އިންވެސްޓާ ރެޒިޑެންސީ ޕްރޮގުރާމުތަކަކީ ދުނިޔޭގެ ތަރައްގީވެފައިވާ ގިނަ ގައުމުތަކެއްގައި ހިންގަމުންދާ ޕްރޮގުރާމުތަކެކެވެ. އެގޮތުން ޔޫރަޕުގެ ގިނަ ގަައުމުތަކާއި އޭޝިޔާގެ ތަރައްގީވެފައިވާ ގައުމުތަކުގައި މި ޕްރޮގުރާމު އަންނަނީ ތަންފީޒުކުރަމުންނެވެ. އޭގެ ތެރޭގައި މޮލްޓާއާއި މޮނާކޯއާއި ހޮންކޮންގު ފަދަ ކުދި ގައުމުތައްވެސް ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.