އާ ސީއެޗްއެސްއީ؛ މާލޭގައި ސަރުކާރުގެ އޭލެވެލް ސްކޫލު ހުޅުވައިފި

މި ސްކޫލު ވެގެން ދާނީ މާލޭ ގައި ހުރި މަތީ ސާނަވީއަށް ކިޔަވައިދޭ އެންމެ ފެންވަރު ރަނގަޅު، ދަރިވަރުންނަށް އުފާވެރި އުގެނުމުގެ މާހައުލު ތަނަވަސްވެފައިވާ ސްކޫލަށް ކަމަށް ވިދާޅުވި އެެވެ.

މާލޭގައި ހުޅުވި ސަރުކާރުގެ އޭލެވެލް ސްކޫލް

މާލޭގައިި މަތީ ސާނަވީއަށް ކިޔަވައިދިނުމަށް ސަރުކާރުގެ ސްކޫލެއް އަލުން ގާއިމުކޮށް ކިޔަވައިދޭން މިއަދު ފަށައިފި އެވެ.

މާލޭގައި ސަރުކާރުގެ އޭލެވެލް ސްކޫލެއް ހުޅުވަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އިއުލާނު ކުރެއްވީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ. އެ ދުވަހު މިނިސްޓަރު ވިދާޅުވި ގޮތުގައި މާލޭގައި އޭލެވެލަށް ކިޔަވައިދޭނެ ސަރުކާރުގެ ސްކޫލެއް ނެތުމަކީ އެކަމުގެ ދަތިކަން ގިނަ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފޯރަމުންދާ ކަމެއް ކަމަށެވެ.

އެެހެން ކަމުން އެ ކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސެޕްޓެމްބަރު މަހު އޭލެވެލް ކިޔެވުން ފެށެން ވާއިރަށް ކުރީގެ ސީއެޗްއެސްސީގެ އިމާރާތުގައި އޭލެވެލް ކިޔެވެމުގެ އިންތިޒާމު ހަމަޖަހިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގައި ހުޅުވި ސަރުކާރުގެ އޭލެވެލް ސްކޫލްގެ ކިޔެވުން މިއަދު ވަނީ ފަށާފައި

މިނިސްޓަރު ވަނީ މިއަދު އެ ސުކޫލު ހުޅުވާ ކިޔަވައިދޭން ފެށިކަން ފާހަގަ ކުރައްވާފަ އެވެ. އަދި ވިދާޅުވީ މި ސްކޫލު ވެގެން ދާނީ ފުރަމާލޭގައި ހުރި މަތީ ސާނަވީއަށް ކިޔަވައިދޭ އެންމެ ފެންވަރު ރަނގަޅު، ހިތްފަސޭހަ އަދި ދަރިވަރުންނަށް އުފާވެރި އުގެނުމުގެ މާހައުލު ތަނަވަސްވެފައިވާ ސްކޫލަށް ކަމަށް ވިދާޅުވި އެވެ.

"މި ބަދަލާ އެކު މަތީ ސާނަވީއަށް އުނގެނުމަށް، ފުރަމާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ދަރިވަރުންގެ އަދަދު މަދުވާނެ. އަދި ގާތުން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒު ކުރެވި ދަރިވަރުންނާއި ބެލެނިވެރިންނަށް ނުހަނު ބޮޑު ފަސޭހަ އަކަށް ވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގައި ހުޅުވި ސަރުކާރުގެ އޭލެވެލް ސްކޫލްގެ ކިޔެވުން މިއަދު ވަނީ ފަށާފައި

ފުރަމާލެ އަކީ ދިވެހިރާއްޖޭ ގައި އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދާ ރަށް ކަމަށްވާއިރު މިހިނގާ 2024 ވަނަ އަހަރު ގްރޭޑް 10 ގައި 1700 ދަރިވަރުން މާލޭގާ ކިޔަވަމުންދާ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މާލޭގައި ކުރީން ހިންގަމުން އައި ސީއެޗްއެސްސީ މިހާރު ހިންގަނީ ހުޅުމާލޭގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.