އެޗްޑީސީއާ ފަހި ދިރިއުޅުން އެއްކޮށްލައިފި، އެޗްޑީސީން އާއްމުންނަށް ހިއްސާ ވިއްކަނީ

ސަރުކާރުން ވަނީ އެޗްޑީސީ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން އެއްކޮށްލަން ވެސް ނިންމާފަ އެވެ.

އެޗްޑީސީގެ މައި އޮފީސް އިމާރާތް: އިޖުތިމާއިން ޒިންމާގެ ގޮތުގައި އަބަދުވެސް އެހީތައް ވެދޭ

ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާއްމުންނަށް ހިއްސާ ވިއްކަން ސަރުކާރުން ނިންމައިފި އެވެ. 

ކެބިނެޓުން މިއަދު ވަނީ އެޗްޑީސީ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އެއްކޮށްލަން ނިންމާފަ އެވެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވީ އެޗްޑީސީން އާއްމުންނަށް ހިއްސާ ވިއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިސްނަވަ އެވެ. މިއީ އުފާވެރި ހަބަރެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އެޗްޑީސީ އާއި އެފްޑީސީ އެއްކޮށްލަން ސަރުކާރުން ނިންމިއިރު އެޗްޑީސީއަކީ ރާއްޖޭގެ އެންމެ ބޮޑު ރައުސުލްމާލު އޮތް ކުންފުންޏެވެ. އަދި އެންމެ ބޮޑު އެސެޓެވެ. އެ ކުންފުނީގެ ދަށުގައި ހުޅުމާލެ އާއި ތިލަފުށި ވެސް އޮތީ އެ ކުންފުނީގަ އެވެ. 

ފާއިތުވި އަހަރުގެ ފަހު ކުއާޓާގައި ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އަށް 3.23 ބިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ބުނެފައިވެ އެވެ. ޕީސީބީން ކޮންމެ ކުއާޓާއެއްގައި އާންމުކުރާ ދައުލަތުގެ ކުންފުނިތަކުގެ މާލީ ރިވީއުގައި ފާއިތުވި އަހަރުގެ ފަހު ކުއާޓާގައި އެޗްޑީސީއަށް 1.47 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުކަން ފާހަގަކޮށްފައިވެ އެވެ. އެއީ އޭގެ ކުރީ ކުއާޓާއަށްވުރެ 704 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި 2022 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާއާ އަޅާބަލާއިރު އެޗްޑީސީގެ އާމްދަނީވަނީ 185 އިންސައްތައިން އިތުރުވެފަ އެވެ. އެއީ 955.88 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އާމްދަނީގެ އިތުރަށް ކުންފުނީގެ ގްރޮސް ޕްރޮފިޓު ނުވަތަ ހިންގުމުގެ ހަރަދުތައް އުނިކުރުމުގެ ކުރިން ލިބޭ ފައިދާވެސް އެ އަހަރު އިތުވި އެވެ. އެގޮތުން 693 މިލިއަން ރުފިޔާގެ ގްރޮސް ޕްރޮފިޓެއް އެ ކުންފުންޏަށް ލިބުނެވެ. ނަމަަވެސް ހަރަދުތައް އުނިކުރުމަށްފަހު ކުންފުނީގެ ފައިދާ ހިސާބުކުރުމުން އެ ކުންފުންޏަށް ލިބުނީ ބޮޑު ގެއްލުމެކެވެ.

ހިންގުމުގެ ހަރަދުތައް އުނިކުރުމުން ކުންފުންޏަށް ޖުމްލަ 3.25 ބިލިއަން ރުފިޔާގެ ގެއްލުންވި އެވެ. އެ ކުންފުންޏަށް މިހާ ބޮޑު ގެއްލުމެއް ލިބުނު މައިގަނޑު ތިން ސަބަބެއް އެ ކުންފުނިންވަނީ ފާހަގަކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.