"އިސްލާމް މުގައްރަރު ރަނގަޅަށް ކިޔަވާ ކުދިން އިމާމަކަށް ފައްކާވާނެ"

"އިސްލާމް މުގައްރަރުގެ ތެރޭގަ ގްރޭޑް 8 އިން ފެށިގެން ގްރޭޑް 12 އާ ހަމައަށް އެ ހުރި މުގައްރަރުތައް ރަގަޅަށް ކިޔަވާފާހުރި ކުއްޖަކުވިއްޔާ، އެކުއްޖަކީ އިމާމުވެ ނަމާދުކުރަން ފައްކާވެފަ ހުންނަ ކުއްޖެއް،"

ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ ދެބަނަ ބުރު ނިންމާލުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަދައްކަވަނީ --

ސާނަވީ އަދި މަތީ ސާނަވީ ގްރޭޑްތައް ނިންމާ ދަރިވަރުންގެ ތެރެއިން އިސްލާމް މުގައްރަރުތައް ރަގަޅަށް ކިޔަވާ ކޮންމެ ކުއްޖަކީ އިމާމުވެ ނަމާދު ކުރެވޭނެ ގާބިލުކަން ހުންނާނޭ ކުދިން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ ދެވަނަ ބުރު ނިންމާލުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު ތެރޭގައި ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެންމެ ބޮޑަށް އެނގިވަޑައިގަތް އެއް ކަމަކީ ރަށްރަށުގައި ހަތީބުންނާއި އިމާމުން މަދު ކަން ކަމަށެވެ.

"އެހެންނަމަވެސް އަޅުގަނޑަށް އިހުސާސް ކުރެވުނު ދިވެހިރާއްޖޭގެ ސްކޫލްތައް ނިމި އަދި ސްކޫލްތަކުގަ ކިޔަވަމުންދާ ދަރިވަރުންގެ ތެރޭގަ ކީރިތި ގުރުއާން ވަރަށް ރީތިކޮށް ކިޔަވާ އިލްމު ހުރި، މައުލޫމާތު ހުރި، ފިގުހުވެރި ދަރިވަރުން އަދި ޒުވާނުން ރާއްޖޭގަ އުޅޭކަން،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގިނަ ރައްޔިތުން ހީކުރަނީ އިމާމުވެ ނަމާދު ކުރެވޭނީ ނުވަތަ ހުތުބާ ކިޔޭނީ އެކަމަށް ހާއްސަ ސެޓްފިކެޓެއް އޮވެގެން ކަމަށެވެ. ނަމަވެސް އެއީ އެކަން ހިނގާ ގޮތް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވައި ވިދާޅުވީ، ތައުލީމީ މަންހަޖުގައި އިސްލާމީ މުގައްރަރުތަކަށް ބަލާލުމުން މައުލޫމާތު މުއްސަނދިކަން އެނގިގެން ދާނެ ކަމަށެވެ. އެ މުގައްރަރުތައް ރަގަޅަށް ކިޔަވައިގެން ސްކޫލު ނިންމާ ކޮންމެ ކުއްޖަކު ހުންނާނީ އިމާމުވެ ނަމާދު ކުރުމަށް ފައްކާވެފައި ކަމަށެވެ.

"އިސްލާމް މުގައްރަރުގެ ތެރޭގަ ގްރޭޑް 8 އިން ފެށިގެން ގްރޭޑް 12 އާ ހަމައަށް އެ ހުރި މުގައްރަރުތައް ރަގަޅަށް ކިޔަވާފާހުރި ކުއްޖަކުވިއްޔާ، އެކުއްޖަކީ އިމާމުވެ ނަމާދުކުރަން ފައްކާވެފަ ހުންނަ ކުއްޖެއް. އެ ޝަހުޝިއްޔަތު ހުރި ކުއްޖަކަށް ވާނެކަން ޔަގީން،" މިނިސްޓަރު ވިދާޅުވި އެވެ.

ޒުވާން ހަތީބުން ތަމްރީނު ކުރުމަށް ފަށާފައިވާ ޕްރޮގްރާމުގެ ތެރެއިން ރޭ ވަނީ 209 ހަތީބުންނަށް ސަނަދު ހަވާލުކޮށްފަ އެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި 1000 ޒުވާން ހަތީބުން ތަމްރީނު ކުރުން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.