ހުޅަނގު އައްސޭރިއަށް ދޭ ހަމަލާތަކަށް ހަތަރު ދުވަސް؛ ޖަނީން ހިސޯރުކޮށްފި

އަލްޖަނީނުގައި ހަރަކާތްތެރިވާ ނޫސްވެރިން ރިޕޯޓުކުރާ ގޮތުގައި ޖަނީނުގައި މީހުން ގެއިން ބޭރަށް ނުކުތުން ހުއްޓާލައި ހުރިހާ ފިހާރަތަކެއް ބަންދުކުރުމުގެ ސަަބަބުން އެ ސަރަަހައްދު މިހާރު އޮތީ "މަރުވެފަ"އެވެ.

އިސްރާއީލު ސިފައިން ފަލަސްތީނުގެ ކުޑަކުއްޖަކު ހިފަހައްޓައިގެން ގެންދަނީ

އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލު އަސްކަރިއްޔާއިން ހިންގަމުންދާ އޮޕަރޭޝަނުގެ ހަތަރުވަނަ ދުވަހު ޖަނީން ވަށައިލާ އެ ރެފިއުޖީ ކޭމްޕަށް އިންސާނީ އެހީތެރިކަން ވާސިލުވިޔަނުދީ ހިފަހައްޓައިފި އެވެ. 

ޖެނިން ރެފިއުޖީ ކޭމްޕުގެ ބޭރުގައި އިސްރާއީލުގެ ގިނަ އަދަދެއްގެ ސިފައިން ތިބިއިރު އަސްކަރީ ޖިޕުތަކާއި، އެހެނިހެން އުޅަނދުފަހަރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި ހަތިޔާރާއެކު ހަރަކާތްތެރިވާ ސިފައިން އަންނަނީ ޖަނީނަށް ވަދެ ނިކުމެވޭ ހުރިހާ މަގުތަކެއްގައި ފޯރިމަރަމުންނެވެ. 

ވިހި އަހަރު ތެރޭގައި ހުޅަނގު އައްސޭރިއަށް އިސްރާއީލުން ދޭ އެންމެ ނުރައްކާތެރި ހަމަލާތަކުގައި ޖަބްރިޔާތު އަވަށުގައި މީހުން ދިރިއުޅޭ އެތައް އިމާރާތެއް އިސްރާއީލު ސިފައިންވަނީ ގޮވާތެކެތި ބޭނުންކޮށްގެން ސުންނާފަތިކޮށްފަ އެވެ. 

ހަތަރުދުވަސްކުރިން އިސްރާއީލުން ފެށި އުދުވާނުގައި އެ ގައުމުގެ ސިފައިންގެ މީހަކު ފުރަތަމަ ފަހަރަށް މަރުވިކަން އިސްރާއީލު އަސްކަރިއްޔާއިން އިއުލާނުކުރީ އިއްޔެ އެވެ. 

އިސްރާއީލު އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުމުރުން 20 އަހަރުގެ އަލްކަނާ ނަވޯން އަސްކަރީ އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް މަރުވެފައިވާ ކަމަށެވެ. އަދި އިތުރު ސިފައިންގެ މީހަކަށް ބޮޑެތި ޒަހަމްތަކެއް ވެފައިވާ ކަމަށެވެ. ނަމަވެސް އެ ހާދިސާގެ އިތުރު ތަފުސީލެއް އިސްރާއީލުން ނުދެ އެވެ. 

އަލްޖަނީނުގައި ހަރަކާތްތެރިވާ ނޫސްވެރިން ރިޕޯޓުކުރާ ގޮތުގައި ޖަނީނުގައި މީހުން ގެއިން ބޭރަށް ނުކުތުން ހުއްޓާލައި ހުރިހާ ފިހާރަތަކެއް ބަންދުކުރުމުގެ ސަަބަބުން އެ ސަރަަހައްދު މިހާރު އޮތީ ވަރަށް ބޮޑަށް ބަންދުވެފަ އެވެ. 

މުވާސަލާތީ ހިދުމަތްތައް އެކީ ބަންދުކޮށްފައި އޮތުމުގެ ސަބަބުން އިސްރާއީލު އަސްކަރިއްޔާގެ ހަމަލާތަކުގައި ޒަހަމްވާ މީހުންނަށް ފަރުވާ ފޯރުކޮށްދިނުމަށް އެމީހުންނާ ހަމައަށް ވާސިލުވުމުގައި ސިއްހީ ހިދުމަތްތެރިންނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވެ އެވެ. 

ޖަނީނަށް އިސްރާއީލު އަސްކަރިއްޔާއިން އުދުވާނީ ހަމަލާތައް ދިނުމާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފަލަސްތީނުގެ މުޖާހިދުންވަނީ އިސްރާއީލު ސިފައިންނާ ކުރިމަތިލައި ދިފާއުގައި ހަމަލާތައް ދީފަ އެވެ. 

އިސްރާއީލުން ފަށާފައިވާ ހަމަލާތަކުގައި ޖަނީނުން މިހާތަނަށް 20 މީހަކު ޝަހީދުވެފައިވާކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ބުނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.