އުފާވެރި ދުވަހެއް؛ 209 ޒުވާނުން ހަތީބުކަމުގެ ސަނަދު ހާސިލްކޮށްފި

ޒުވާނުން ހަތީބުން ޕްރޮގުރާމުގެ ދެވަނަ ބެޗުގެ ބައިވެރީން މިނިސްޓަރު ޝަހީމާ އެކު

ޒުވާނުން ހަތީބުން ޕްރޮގުރާމުގެ ދެވަނަ ބެޗުގައި ހަތީބުކަމުގެ ސަނަދު ހާސިލުކުރި 209 ޒުވާނުންނަށް ސަނަދު ހަވާލުކޮށްފި އެވެ.

ސަނަދު ހަވާލުކުރުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮތް ރަސްމިއްޔާތުގައި ސަނަދު ހަވާލުކޮށްދެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިހް މުހައްމަދު ލަތީފާއި ސްޓޭޓު މިނިސްޓަރު ޑރ. މޫސާ އަންވަރުގެ އިތުރުން ދިވެހިރާއްޖޭގެ ފަތުވާ މަޖިލީހުގެ މެމްބަރު ޝައިހް އިލްޔާސް ހުސައިން އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާތަނަށް 300 އަށް ވުރެ ގިނަ ޒުވާނުން މި ޕްރޮގުރާމު ފުރިހަމަ ކުރުމުން އެނގިގެން ދަނީ މި ޕްރޮގުރާމަކީ މުޖުތަމައުއަށް ބޭނުންތެރި ޕްރޮގުރާމެއް ކަމެވެ.

ޒުވާނުން ހަތީބުން ޕްރޮގުރާމުގެ ދެވަނަ ބެޗުގެ ބައިވެރިއަކަށް މިނިސްޓަރު ޝަހީމް ސަނަދު ހަވާލު ކުރަނީ

މީގެ އިތުރުން އަމާޒަކީ މި ދައުރުގެ ތެރޭގައި 1000 ޒުވާން ހަތީބުން ތަމްރީނު ކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ މި އަމާޒު ހާސިލު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ޒުވާން ހަތީބުން ހާސިލުކުރެއްވި މަތިވެރި ކާމިޔާބީއަށް މަރުހަބާ ދަންނަވާ މި ރޮނގުން އިތުރަށް ކުރިއަށް ދިއުމަށާއި މުޖުތަމައު ބަލައިގަންނަ ފަދަ ބަޔަކަށްވުމަށް ވެސް މިނިސްޓަރު ވަނީ ނަޞޭހަތްތެރިވެފަ އެވެ.

ޒުވާނުން ހަތީބުން ޕްރޮގުރާމުގެ ދެވަނަ ބެޗުގެ ބައިވެރީން

ޒުވާން ހަތީބުން ޕްރޮގުރާމުގެ ފުރަތަމަ ބެޗުގައި 100 ޒުވާނުން ވަނީ ސަނަދު ނަގާފަ އެވެ. ތިން ވަނަ ބެޗު ވަރަށް އަވަހަށް ފެއްޓުމަށް ނިންމަވާފައިވާ ކަމަށް ވެސް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.

ސަނަދު ހާސިލުކުރި ޒުވާނުން ދަނީ މާލެއާ އަތޮޅުތަކުގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.