ތަސްލީމު ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި، ގެއްލުނީ ކަނޑަށް ކަމެއް ޔަގީނެއް ނޫން

ފިނޮޅުގެ ވަށައިގެން 5000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެން އަދި 3000 އަކަފޫޓު ކަނޑުއަޑިން ޑައިވްކޮށްގެން ކޯސްޓްގާޑުގެ ޑައިވަރުން ބަލާފައިވެ އެވެ.

ގެއްލިގެން ހޯދަމުންދާ ތަސްލީމް -- ފޮޓޯ: އާއިލާ

ކ. ހުވަފެންފުށި ރިސޯޓު ކައިރީގައި އޮތް ސޭންޑްބެންކަކަށް ދަތުރު ދިޔަ މީހަކު ގެއްލިފައިވާތީ އޭނާ ހޯދުމަށް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ގެއްލިގެން ހޯދަމުންދަަނީ ތަސްލީމް މުހައްމަދު ނަމަކަށް ކިޔާ މާލެއަށް ނިސްބަތްވާ އުމުރުން 42 އަހަރުގެ މީހެކެވެ. އޭނާ އަކީ މާލެސިޓީ ކައުންސިލްގެ މުވައްޒަފެކެވެ.

އެމްއެންޑީއެފުން ބުނީ ތަސްލީމް ހޯދުމުގެ މަސައްކަތު ގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

ތަސްލީމް ގެއްލިގެން އުޅޭކަމުގެ ރިޕޯޓް މޯލްޑިވްސް ޕޮލިސް ސާވިސް އިން ދިނުމާ އެކު އޭނާ ހޯދުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި ފިނޮޅުގެ ވަށައިގެން 5000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެން އަދި 3000 އަކަފޫޓު ކަނޑުއަޑިން ޑައިވްކޮށްގެން ކޯސްޓްގާޑުގެ ޑައިވަރުން ބަލާފައިވާ ކަމަށް ބުންޏެވެ.

"މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެ މީހާ ގެއްލިފައި ވަނީ މޫދަށްކަން ކަށަވަރު ކުރެވިފައި ނުވާތީ އޭނާ ހޯދުމުގެ އޮޕަރޭޝަން ލީޑު ކުރަނީ ދިވެހި ފުލުހުންގެ ހިދުމަތުން،" ސިފައިންގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.

އާއިލާއިން "މިރާ" އާ ވާހަކަ ދެއްކި ތަސްލީމްގެ ކޮއްކޮ ބުނީ، އޭނާ އިއްޔެ ރައްޓެހިތަކަކާއެކު ދަތުރު ދިޔަ ކަމަށެވެ. އަދި އޭގެ ފަހުން އޭނާ ގެއްލިގެން އުޅޭ ކަމަށް އާއިލާއަށް އެންގި ކަމަށްވެސް ބުންޏެވެ.  ތަސްލީމް ގެއްލުނީ މޫދަށް ކަމެއް އެހެން ތަނަކަށް ކަމެއް ނޭނގޭ ކަމަށް އޭނާ އާއެކު ދަތުރު ދިޔަ މީހުންނާ ހަވާލާދީ އާއިލާއިން ބުންޏެވެ.

"ބޭބެ އާއެކު ދަތުރު ދިޔަ މީހުން ބުނީ އެމީހުންނަށް އެނގިގެން މޫދަށް ނޭރޭ ކަމަށް. ދެން އެމީހުންނަށް ނުފެންނަ ހިސާބަށް ގޮސް މޫދަށް އެރުނީ ކަމެއް ނޫން ކަމެއްވެސް ނޭނގެ،" އާއިލާއިން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.