ދަތުރު ދިޔަ މީހަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދަމުންދަަނީ ތަސްލީމް މުހައްމަދު ނަމަކަށް ކިޔާ މާލެއަށް ނިސްބަތްވާ އުމުރުން 42 އަހަރުގެ މީހެކެވެ. އޭނާ އަކީ މާލެސިޓީ ކައުންސިލްގެ މުވައްޒަފެކެވެ.

ގެއްލިގެން ހޯދަމުންދާ ތަސްލީމް- ފޮޓޯ: އާއިލާ

ކ. ހުވަފެންފުށި ރިސޯޓު ކައިރީގައި އޮތް ސޭންޑްބެންކަކަށް ދަތުރު ދިޔަ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަަނީ ތަސްލީމް މުހައްމަދު ނަމަކަށް ކިޔާ މާލެއަށް ނިސްބަތްވާ އުމުރުން 42 އަހަރުގެ މީހެކެވެ. އޭނާ އަކީ މާލެސިޓީ ކައުންސިލްގެ މުވައްޒަފެކެވެ.

އާއިލާއިން "މިރާ" އާ ވާހަކަ ދެއްކި ތަސްލީމްގެ ކޮއްކޮ ބުނީ، އޭނާ އިއްޔެ ރައްޓެހިތަކަކާއެކު ދަތުރު ދިޔަ ކަމަށެވެ. އަދި އޭގެ ފަހުން އޭނާ ގެއްލިގެން އުޅޭ ކަމަށް އާއިލާއަށް އެންގި ކަމަށްވެސް ބުންޏެވެ.

އާއިލާއިން އެކަން ފުލުހުންނާއި ސިފައިންނަށް އެނގި ކަމަށްވެސް ބުންޏެވެ. 

ތަސްލީމް ގެއްލުނީ މޫދަށް ކަމެއް އެހެން ތަނަކަށް ކަމެއް ނޭނގޭ ކަމަށް އޭނާ އާއެކު ދަތުރު ދިޔަ މީހުންނާ ހަވާލާދީ އާއިލާއިން ބުންޏެވެ.

"ބޭބެ އާއެކު ދަތުރު ދިޔަ މީހުން ބުނީ އެމީހުންނަށް އެނގިގެން މޫދަށް ނޭރޭ ކަމަށް. ދެން އެމީހުންނަށް ނުފެންނަ ހިސާބަށް ގޮސް މޫދަށް އެރުނީ ކަމެއް  ނޫން ކަމެއްވެސް ނޭނގެ." އާއިލާއިން ބުންޏެވެ.

މިކަމާ ގުޅިގެން ފުލުހުން އަދި ސިފައިންގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

އެހެން ނަމަވެސް އާއިލާއން ބުނީ އެމްއެންޑީއެފުން އިއްޔެއިން ފެށިގެން އެ ސަރަހައްދު ބަލަމުންދާ ކަމަށެވެ. އަދި ފުލުހުންނަށް ތަސްލީމްގެ ފޯނާއި، ދަބަސް އަދި ސައިކަލު ތަޅުދަނޑި އާއި ދަތުރު ގެންދިޔަ ސާމާނު ފެނިފައިވާކަން އާއިލާ އަށް އަންގާފައިވާ ކަމަށެވެ. އަދި މައުލޫމާތުތައް ބަރާބަރަށް އާއިލާ އާ ހިއްސާ ކުރަމުންދާ ކަމަށްވެސް ބުންޏެވެ. އެހެން ނަމަވެސް މިވީހާތަނަށް ތަސްލީމް ނުފެންނަ ކަމަށްވެސް އާއިލާއިން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.