ރިސޯޓް ހަދާ ލިސްޓަށް ރ. އަތޮޅު ރަށެއް | އަގު 1.6 މިލިއަން ޑޮލަރު

ޓޫރިޒަމް މިނިސްޓްރީން ކުރިން 17 ތަނެއްގައި ރިސޯޓް ތަރައްގީ ކުރަން ދޫކޮށްފައިވެ އެވެ.

ރިސޯޓް ހަދާ ލިސްޓަށް އިތުރު ކުރި ރ. އަތޮޅު ރަށް

ރިސޯޓު ތަރައްގީ ކުރަން އިއުލާނުކުރި ލިސްޓުން ތިން ތަނެއް އުނިކޮށް ރ. އަތޮޅު ބޮޑު ރަށެއް އިތުރުކޮށްފި އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ އިއުލާނެއްގައިވާ ގޮތުން އިއްޔެ އެ ލިސްޓަށް ގެނައި ބަދަލާއެކު އުނިކޮށްފައިވަނީ  ވ. އަތޮޅުން ރިސޯޓު ހަދަން ކުއްޔަށް ދޭ ލިސްޓުން އުނިކޮށްފައިވަނީ ވ. ކޮޅުދިއްފުށި ފިނޮޅާއި ޅ. ވިހަވަރު ފިނޮޅާއި ލ. ހަންހުއްޓެވެ.

ލިސްޓުން އުނިކުރި ރަށްތަކާއި އިތުރުވި ރަށް

  • އިތުރުވި - ރ. ޅާނބުގަލި - ބޮޑުމިން 2.66 | އަގު އަގު 1.6 މިލިއަން ޑޮލަރު
  • އުނިކުރި - ޅ. ވިހަފަރު ފިނޮޅު ބޮޑުމިން 0.28 ހެކްޓަރު | އަގު 640،000 ޑޮލަރު
  • އުނިކުރި - ވ. ކޮޅުދިއްފުށި ފިނޮޅު ބޮޑުމިން 0.62 ހެކްޓަރު | އަގު 729،000 ޑޮލަރު
  • އުނިކުރި - ލ. ހަންހުށި - ބޮޑުމިން 2.81 ހެކްޓަރު | އަގު 421،500 ހެކްޓަރު

މި ލިސްޓަށް އިތުރުކޮށްފައިވަނީ ރިސޯޓް މަދު ރ. އަތޮޅު ޅާނބުގަލި އެވެ. މި ރަށަކަކީ ބޮޑުމިނުގައި 2.66  ހެކްޓަރު ހުންނަ ރަށެކެވެ. މި ރަށުގެ އިކުއެޒިޝަން އަގަކީ 1.6 މިލިއަން ޑޮލަރެވެ. 

ރިސޯޓް ހަދާ ލިސްޓުން އުނިކުރި ރަށްތަކާއި އިތުރުވި ރަށް

ރިސޯޓް ތަރައްގީ ކުރުމުގެ ގޮތުން މި އަހަރުގެ މެއި މަހު 17 ތަނެއް ޓޫރިޒަމުން އިއުލާނު ކުރި އެވެ. އެ އިއުލާނުގައި 11 އަތޮޅަކުން 17 ފަޅާއި ރަށް ދޫކުރަން ހިމެނި އެވެ. އަދި އެ އިއުލާނުގައި އެ ފަޅާއި ރަށްތަކުގެ އިކުއިޒިޝަން ކޯސްޓް ވެސް ހިމަނާފައި ވެއެވެ. މިނިސްޓަރީގެ އެ އިއުލާނުގައިވާ ގޮތުން އެންމެ ބޮޑު އިކުއިޒިޝަން ކޯސްޓެއް ކަނޑައަޅާފައި ވަނީ މާލެ އަތޮޅުގައި އޮންނަ ހިއްމިޔާ ފަޅަށެވެ. އެ ފަޅުން 712 ހެކްޓަރު ދޫކުރަން ނިންމާފައި ވާއިރު އެ ފަޅުގެ އިކުއިޒިޝަން ކޯސްޓަކައި 23.5 މިލިއަން ޑޮލަރެވެ. މާލެ އަތޮޅު ހިއްމިއްޔާ ފަޅުގެ އިތުރަށް މާލެ އަތޮޅުގެ އިތުރު ފަޅަކުން 46 ހެކްޓަރު ދޫކުރަން ވެސް އިއުލާނު ކޮށްފައި ވެއެވެ. އެ ފަޅުގެ އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 10.9 މިލިއަން ޑޮލަރެވެ. މީގެ އިތުރަށް ތ. އަތޮޅުން ހަތަރު ރަށާއި، ލ. އަތޮޅުން ތިން ރަށާއި ގއ. އަދި ގދ. އިން އެއް ރަށް ދޫކުރަން ވެސް އިއުލާނު ކޮށްފައި ވެއެވެ. ހދ. ވައިކަރަމުރައިދޫން 15 ހެކްޓަރުގެ ބިމެއް ވެސް ދޫކުރެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން ށ. އަތޮޅާއި ރ. އަތޮޅުން އެއް ރަށް އަދި ޅ. އަތޮޅުން ދެ ރަށް ދޫކުރާނެ އެވެ.

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި މިވަގުތު ރާއްޖޭގައި ޖުމްލަ 182 ރިސޯޓް ހުރެ އެވެ. މީގެތެރޭން އޮޕަރޭޝަންގައި އޮތީ 174 ރަށުގެ 42،962 އެނދެ އެވެ. އަދި ރިސޯޓް ހަދަން ދޫކޮށްފައިވާ 63 ރަަށެއް ނުހެދި އޮތް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.