މަޑުއްވަރި ސްކޫލު ބެލެނިވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

ރ. މަޑުއްވަރީ ސްކޫލް ބެލެނިވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

ބެލެވެރިންގެ ދުވަސް ފާހަގަ ކުރަން މަޑުއްވަރީ ސްކޫލްގައި ކުރިއަށް ގެންދިޔަ ހަރަކާތްތައް

ރ. މަޑުއްވަރީ ސްކޫލުގެ ބެލެނިވެރިންގެ ދުވަސް ތިން ދުވަހަކަށް ބަހާލައިގެން ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފިި އެވެ.

ތަފާތު އެކި ހަރަކާތްތައް ފެށުނީ މި މަހުގެ 27 ވަަނަ ދުވަހު ކުލާސްރޫމް ތަކުގައި ދަރިވަރުން ކުރިޔަށް ގެންދިޔަ ހަރަކާތަކުންނެވެ. މި ހަރަކާތުގައި ބެލެނިވެރިން ދަރިވަރުންނަށް ކޮށްދެއްވާ ހިދުމަތާއި ދެއްވާ ލޯބީގެ އަގު ވަޒަންކުރުމުގެ ގޮތުން ދަރިވަރުން ތައްޔާރުކުރި ކާޑު ބެލެނިވެރިންނާއި ހަވާލުކުރުމުގެ އިތުރުން ދަރިވަރުންނާއި ބެލެނިވެރިން އެކުގައި އެކި ކަހަލަ މަޖާ ގޭމްތައް ކުރިޔަށް ގެންދެވުނު ކަމަށް އެ ސްކޫލުން ވަނީ ބުނެފަ އެވެ.

މަޑުއްވަރީ ސްކޫލުގެ ބެލެނިވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރިޔަށް ގެންދެވުނު ދެ ވަނަ ހަރަކާތަކީ ބެލެނިވެރިންގެ ޓީމްތަކުގެ މެދުގައި ކުރިޔަށް ގެންދެވުނު ފައިގަތަޅާ މުބާރާތަކާއި އޮބްސްޓަކަލް ރޭހެކެވެ. އަދި ދެޖިންސް ވަކިން ޓީމްތަކަށް ބައިވެރިވެވޭ ގޮތަށް ކުރިޔަށް ގެންދެވުނު މި މުބާރާތްތަކުގައި ފިރިހެން ބެލެނިވެރިންގެ ތެރެއިން ތިން ޓީމް އަކާއި، އަންހެން ބެލެނިވެރިންގެ އަށް ޓީމް ހިމެނޭގޮތުން ޖުމްލަ 11 ޓީމް ވާދަކޮށްފައިވާ ކަމަށް އެ ސްކުލުން ވަނީ ބުނެފަ އެވެ.

ބެލެވެރިންގެ ދުވަސް ފާހަގަ ކުރަން މަޑުއްވަރީ ސްކޫލްގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭން

ފޯރިޔާއިއެކު ކުރިޔަށްދިޔަ މި މުބާރާތްތައް ނިންމާލީ ސްކޫލްގެ މުއައްޒަފުންގެ ފަރާތުން ބެލެނިވެރިންނަށް ދެވުނު ހާއްސަ ސައިފޮދަކަށްފަހު ކަމަށާއި މި ހަރަކާތް ކުރިޔަށް ގެންދެވިފައިވަނީ އަންގާރަ ދުވަހުގެ ހަވީރު 16:00 ގައި ސްކޫލް ގޯތިތެރޭގައި ކަމަށް އެ ސްކޫލުން ވަނީ ބުނެފަ އެވެ.

އެ ސްކޫލުން ބުނީ މިދުވަސް ފާހަގަކުރުމުގެ ގޮތުތުން ކުރިޔަށް ގެންދެވުނު ބެލެނިވެރިންގެ މަސް ރޭހަކީވެސް ބެލެނިވެރިންގެ ބޮޑު ތަރުހީބެއް ލިބުނު ކާމިޔާބު ހަރަކާތެއް ކަމަށެވެ. އަދި ވާދަވެރިކަމާއިއެކު ކުރިޔަށް ގެންދިޔަ މި ތިން މުބާރާތުންވެސް ވަނަ ވަނައަށް އައި ޓީމްތަކަށް ހެޔޮއެދޭ ފަރާތްތަކުން ހުށަހަޅާފައިވާ ފައިސާގެ އިނާމުތަށް ދީފައިވާކަންވެސް ސްކޫލުން ވަނީ ފާހަގަކޮށްފަ އެވެ.

ބެލެވެރިންގެ ދުވަސް ފާހަގަ ކުރަން މަޑުއްވަރީ ސްކޫލްގައި ކުރިއަށް ގެންދިޔަ ހަރަކާތްތައް

ބެލެނިވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރިޔަށް ގެންދެވުނު ހަރަކާތްތަށް ނިންމާލީ މިމަހުގެ 29 ވަނަ ދުވަހުގެރޭ ކުރިޔަށް ގެންދެވުނު ބެލެނިވެރިންގެ "ޑިނަރ ނައިޓް" އަކުންނެވެ. ބެލެނިވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން މުއައްޒަފުންގެ ފަރާތުން އިންތިޒާމްކުރި މި ހާއްސަ ޑިނަރ ނައިޓް ކުރިޔަށް ގެންދިޔައީ ސަގާފީ ތީމްއަކަށް ކަމަށްވެސް އެ ސްކުލުން ބުންޏެވެ.

މި ޑިނަރ ނައިޓް ޝަރަފްވެރިކޯށްދެއްވާފައިވަނީ މަޑުއްވަރީ ކައުންސިލްގެ ރައީސް މުހައްމަދު ސޯދިގު އެވެ. އަދި މި ހަފްލާގައި އަވައްޓެރި ރިސޯޓްތަކުގެ އިސްވެރިންވެސް ބައިވެރިވެފައިވާ ކަމަށް އެ ސްކޫލުން ބުންޏެވެ.

ވޭތުވެ ދިޔަ ތިން އަހަރު ވެސް މަޑުއްވަރީ ސްކޫލްގައި ބެލެނިވެރިންގެ ދުވަސް ފާހަގަކުރެވިފައި ވާއިރު މި ހަރަކާތުގެ ސަބަބުން ސްކޫލްގެ މުއައްޒަފުންނާއި ބެލެނިވެރިންގެ ގުޅުން ވަރަށް ބަދަހިވެގެން ދިޔަކަން އެ ސްކޫލުން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.