"ޑޮލަރު އިތުރު ކުރުމަށް ގާނޫނީ އަދި ނިޒާމީ ބަދަލުތައް ގެންނާނަން"

"މި ބަދަލުތައް ގެންނަނީވެސް އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް. އެހެންވީމަ ކުރިއަށް އޮތް ތަނުގަ ރިޒާވް ވަރުގަދަ ވެގެންދާނެ. އަޅުގަނޑުގެ ވައުދެއް ފައިސާ ޗާޕް ކުރުން ހުއްޓާލުމަކީ. އިަރާދަކުރެއްވިއްޔާ އެކަން ވެއްޖެ،"

ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގެ އިގުތިސާދީ ހާލަތު ރަަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެގޮތުން ޑޮލަރު އިތުރު ކުރުމަށް ގާނޫނީ ބަދަލުތަކާއި ނިޒާމީ ބަދަލުތައް ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މިހާރު އެންމެ ބޮޑު ކަމަކަށް އޮތީ ރާއްޖޭގެ އިގުތިސާދީ ހާލަތު ކަމަށެވެ. އަދި އިގުތިސާދީ ހާލަތު ރަނގަޅު ކުރައްވާނެ ކަމަށާއި އެކަމުގެ ބިންގާ އެޅެމުންދަނީ ރަނގަޅަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޑޮލަރުގެ މައްސަލައަށް ހައްލު ގެނައުމަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތަކާއި، ނިޒާމީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ހިމަނައި، އެ ބަދަލުތައް ގެންނާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

"މި ބަދަލުތައް ގެންނަނީވެސް އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް. އެހެންވީމަ ކުރިއަށް އޮތް ތަނުގަ ރިޒާވް ވަރުގަދަ ވެގެންދާނެ. އަޅުގަނޑުގެ ވައުދެއް ފައިސާ ޗާޕް ކުރުން ހުއްޓާލުމަކީ. އިަރާދަކުރެއްވިއްޔާ އެކަން ވެއްޖެ. އޭރުވެސް އަޅުގަނޑު ދެންނެވިން ފައިސާ ޗާޕު ކުރުން ހުއްޓާލުމަކީ މިއީ މާލީ ހާލަތައް ދިމާވެފައިވާ އެތައް މައްސަލައެއްގެ ހައްލު. އަޅުގަނޑުމެން މި ފެށީ އިގުތިސާދު ރަނގަލު ކުރުމުގެ މަސައްކަތް. ރަނގަޅު ބިންގަލެއްގައި ކުރެވޭ މެދު ރާސްތާއާއި ދުރު ރާސްތާގެ ދެމެހެއްޓެނިވި ތަރައްގީ ދިވެހިންނަށް ފެނިގެންދާނެ." އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅުހުރީ އަންނަ ނޮވެމްބަރު މަސް ނިމެންވާއިރަށް މިހާރު އެކި ވިޔަފާރި ތަކަށާއި މަސައްކަތްތެރިންނަށް ނުދެވި ހުރި ފައިސާ ބަހާލައިގެން ދިނުން ކަމަށެވެ. އެގޮތުން، މަސްވެރިންނަށްވެސް ބިލިއަނެއްހާ ރުފިޔާ ދެވިއްޖެ ކަމަށާއި މަސްވެރިކަން އިތުރަށް ފުޅާކުރުމަށް ފެކްޓްރީތައް ހެދުމުގެ މަސައްކަތްތައް ރޭވި، އިގްތިސާދު ރަނގަޅުވަމުންދާކަމަށް ވިދާޅުވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.