މާލޭ މިސްކިތްތަކުގައި ހުތުބާދޭ މީހުންގެ ދަފްތަރު މުރާޖާ ކުރަނީ

"އިލްމީ ގާބިތު ހުނަރުވެރި ބޭފުޅުންނަށް އިސްކަން ދޭނަން. އިންޝާﷲ،" މިނިސްޓަރުގެ ޕޯސްޓުގައި އިތުރަށް ފާހަގަކުރައްވާފައިވެ އެވެ.

މިނިސްޓަރު ޝަހީމް މީގެ ކުރިން ހުކުރު ހުތުބާ ވިދާޅުވެދެއްވަނީ --

މާލޭގެ މިސްކިތްތަކުގައި ހުތުބާ ކިޔުއްވާ ބޭފުޅުންގެ ދަފްތަރު މުރާޖާ ކުރަން ނިންމަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ، ހުތުބާ ކިޔުއްވާއިރު ބައެއް ބޭފުޅުން ކުށަށް ޖެހިވަޑައިގަންނަވާ ކަން ފާހަގަކުރައްވާ ބައެއް އިލްމުވެރިން އެކަމާ ކަންބޮޑުވުން ފާޅުކުރެއްވުމުންނެވެ. އެގޮތުން، ހުތުބާ ކިޔުއްވާއިރު ނުފަރިތަވެފައި، ތިނެއް ނުވަތަ ހަތަރު ފަހަރު ފަށަ ފަށައިގެން އެއް ޖުމްލަ ކިޔާކަން ފާހަގަވެފައިވާ ކަމަށް ވަނީ ބައެއް އިލްމުވެރިން ވަނީ ފާހަގަކުރައްވާފަ އެވެ.

އެފަދަ ޕޯސްޓަކަށް ރައްދު ދެއްވަމުން މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މާލޭ ސިޓީގައި ހުތުބާ ކިޔުއްވާ ބޭފުޅުންގެ ލިސްޓު އަންނަ ހަފްތާ މުރާޖާ ކުރައްވާނެ ކަމަށެވެ.

"އިލްމީ ގާބިތު ހުނަރުވެރި ބޭފުޅުންނަށް އިސްކަން ދޭނަން. އިންޝާﷲ،" މިނިސްޓަރުގެ ޕޯސްޓުގައި އިތުރަށް ފާހަގަކުރައްވާފައިވެ އެވެ.

ސަރުކާރުން ދަނީ އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ. ގިނަ މިސްކިތްތަކުގައި ވަރަށް ޒުވާން ކުދިން، ހާއްސަ ގޮތެއްގައި ސްކޫލް ދަރިވަރުން އިމާމުވެ ނަމާދު ކުރާކަން ފާހަގަކުރެވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.